ads
ފުލުހުން މަގުމަތި ބަލަހައްޓަނީ
އެކްސިޑެންޓް ގިނަ މަގުތަކުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަން ފަށައިފި
މާލޭ ސަރަހައްދުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނާ މަގުތަކުގައި 24 ގަޑިއިރު ފުލުހުން ފޯރިމަރަން ފަށައިފިއެވެ.
Advertisement

މަގުތަކުގައި 24 ގަޑިއިރު ފުލުހުން ފޯރި މަރަން މި ނިކުތީ 48 ގަޑިއިރު ތެރޭ، އެކްސިޑެންޓު ވެގެން ދެ ޒުވާނަކު މަރުވެފައިވަނިކޮށެވެ. 

ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެންމެ ގިނައިން އެކްސިޑެންޓް ހިނގަމުން އަންނަ މަގުތަކަށް 24 ގަޑިއިރު ފޯރިމަރަން ރެއިން ފެށިގެން ފަށާފައިވާކަމަށެވެ. އަދި މިކަން ކުރަނީ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. 

ކޮމިޝަނަރު ވިދާޅުވީ ފަހަކަށް އައިސް އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ބްރިޖު ހައިވޭގައި ނުވަތަ ހުޅުމާލޭގެ ބައެއް މަގުތަކުގައިކަމަށެވެ. އެގޮތުން ހުޅުމާލޭ ނިރޮޅުމަގު، ހުޅުމާލޭ ފޭސް ދޭކަށް ދާ ހައިވޭ، މާލެ އާއި ހުޅުމާލެއިން ބްރިޖް އަރާ ސަރަހައްދު ސީޕީ ފާހަގަކުރެއްވިއެވެ. މި މަގުތަކުގައި ފުލުހުން ބޭއްތިއްބުމުން ބާރަށް ދުއްވާ އުޅަނދުތައް އެނގި އެ މީހުންނާއި މެދު ފިޔަވަޅު އަޅޭނެކަމަށް ސީޕީ އަލީ ޝުޖާއު ވިދާޅުވިއެވެ. 

ކޮމިޝަނަރު ވިދާޅުވީ ހުޅުމާލެ ފޭސް ދެެއްގައި ކެމެރާ ހަރުކޮށްފައި ނުވާތީ އެ ސަރަހައްދުގައި ގިނަ މީހުން ވެހިކަލް ދުއްވަނީ ހައިވޭގައި ދުއްވާ ބާރު ދުވެލީގައިކަމަށެވެ، އަދި ހަފްތާ ބަންދުގައި ބާރު ސްޕީޑާއި އަޑުގަދަ ސައިލަންސަރު ހަރުކޮށްގެން ދުއްވާ މީހުން ގިނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ހަފްތާ ބަންދުތަކުގައި ހައިވޭތަކާއި މަގުތަކުގައި ވެހިކަލް ޗެކް ޕޮއިންޓު ހަދާ، ބާރު ސްޕީޑުގައި ދުއްވާ މީހުން ހޯދާ ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވިއެވެ. 

މަގުމަތީގެ ރައްކާތެރިކަމަށް ހަރުކަށި ފިޔަަވަޅުތަކެެއް އަޅަން ނިންމާ އެކަންކަން ތަންފީޒުކުރަން ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ކަމާއި ބެހޭ އިދާރާތަކަށް އަންގަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް