ads
އާލިޔާ ބަޓްގެ "ޖިގްރާ"
އާލިޔާބަޓްގެ"ޖިގްރާ" ގެ ޓްރެއިލާ ނެރެފި
ވަސަން ބާލާ ޑައިރެކްޓް ކުރާ "ޖިގްރާ" ފިލްމުގެ ޓްރެއިލާ ނެރެފިއެވެ. މި ފިލްމުގައި މައި ރޯލުގައި އާލިޔާ ބަޓް އަދި ވެދާންގް ރައިނާ ފެނިގެންދާނެއެވެ.
Advertisement

ޓްރެއިލާގައި އާލިޔާ ބަޓްގެ ކެރެކްޓަރު ސަތްޔާގެ ހިތާމަވެރި ވާހަކަ ހާމަވެއެވެ. ކުޑައިރު މައިންބަފައިން ގެއްލި، ގާތްތިމާގެ މީހުން ބަލަހައްޓާފައިވާ ސަތްޔާގެ އެންމެ ފަހުގެ އާއިލާގެ މެންބަރަކީ ޖަލުގައިވާ އޭނާގެ ދައްތައެވެ. ކޮއްކޮ ސަލާމަތްކުރުމަށް ސަތްޔާ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރިކަން ޓްރެއިލާއިން ދައްކައެވެ.

"ޖިގްރާ" އަކީ އާލިޔާ ބަޓްގެ ޕްރޮޑަކްޝަން ކުންފުނި "އިޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް" އިން ކަރަން ޖޯހަރުގެ "ދާމާ ޕްރޮޑަކްޝަންސް" އާ ގުޅިގެން އުފައްދާ ދެ ވަނަ ފިލްމެވެ. މި ފިލްމު 11 އޮކްޓޯބަރު 2024 ގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް