ads
ބިދޭސީން ގެންނަން ހުށައަޅާ ފޯމްތަކަށް ބޮޑު ބަދަލެއް
ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އެކި ފޯމުތަކަށް ހޯމް ބަދަލުގެނެސްފިއެވެ.
Advertisement

ހޯމް މިނިސްޓްރީން ބުނީ މި ބަދަލުތަކަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ. އެގޮތުން 

ބަދަލުގެ ގެނެސްފައިވަނީ ބި ދޭސީން މަސައްކަތް ކުރާ ވޯކް ސައިޓްތައް ރަޖިސްޓްރީކުރުމަށް އެދޭ ފޯމުތަކާއި ވޯކް ސައިޓްތައް ރަޖިސްޓްރީކުރުމަށް އެދި ހުށައަޅާ ވޯކްސައިޓް ޑިކްލަރޭޝަން ފޯމާއި އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ނަމުގައި ސިސްޓަމް ބޭނުންކުރުމަށް ރެޕްރެޒެންޓޭޓިވްއެއް އައްޔަންކުރަން ހުށައަޅާ ފޯމެވެ. 

މި ބަދަލުތައް ގެނައުމުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފަސޭހަވަގެންދާނެކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. 

ވާކް ސައިޓް ރަޖިސްޓަރީ ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް )ކޮންސްޓްރަކްޝަން) 
  2. ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވަރކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމަންޓް ފޯމް 
  3. ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
  4. ކުއްޔަށް ނަގާފައިވާ ބިމެއް/އިމާރާތެއް/އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު
  5. އިންސްޓޯލްމަންޓަށް ނަގާފައިވާ އުޅަނދެއް އެކްސްޕެޓް ސިސްޓަމުގައި ވަރކް ސައިޓްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅާ އިޤުރާރު

ފޯމުތަކަށް ގެނައި ބަދަލާއެކު، އެ ފޯމު ހުށަހަޅަން ޖެހޭނީ ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒް ކޮށް ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓަރީކުރުމަށްފަހުކަމަށްވެސް ހޯމް މިނިސްޓްރީން އާއްމުކުރި އިއުލާންގައި  ވެއެވެ. 

ހޯމް މިނިސްޓްރީން ބުނީ އަންނަމަހުގެ އެއްވަނަދުވަހުން ފެށިގެން ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ގެންނަ ބިދޭސީން މަސައްކަތްކުރާ ވާކް ސައިޓް ރަޖިސްޓަރީ ކުރުމަށް އެދި ހުށަހަޅަންވާނީ ބަދަލުގެނެވިފައިވާ ފޯމުތައް ފުރިހަމަ ކުރުމަށް ފަހުކަމަށެވެ. އަދި އެ ފޯމުތައް ފުރިހަމަކޮށް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން "އިންކޮމްޕްލިޓް" އެއްޗެއްގެ ގޮތުގައި ކަނޑައަޅާނެކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް