ads
ރޮކް ލެޖެންޑް ޖިމީ ބާންސް
ރާއްޖޭގައި ބާއްވާ މިއުޒިކް ފެސްޓިވަލްގައި ރޮކް ލެޖެންޑް ޖިމީ ބާންސް ބައިވެރިނުވާނެވާނެ
ދިވެހިރާއްޖޭގައި ބާއްވާ މިއުޒިކް ފެސްޓިވަލްގައި ބައިވެރިނުވާނެކަމަށް ރޮކް ލެޖެންޑް ޖިމީ ބާންސް އިއުލާނުކޮށްފިއެވެ.
Advertisement

ޑޮކްޓަރުގެ އިރުޝާދުގެ ދަށުން، ރޮކް ލެޖެންޑް ޖިމީ ބާންސް ވަނީ ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުޒިކް ފެސްޓިވަލްއިން ރަސްމީކޮށް ތަނާޒުލްވެފައެވެ. އުމުރުން 68 އަހަރުގެ މި މިއުޒިކް ސްޓާރު ވަނީ ފާއިތުވި އަހަރު ތެރޭގައި ސިއްހީ މައްސަލަތަކާ ގުޅިގެން ހޮސްޕިޓަލްގައި އެކި ފަހަރު މަތިން ފަރުވާ ހޯދަމުން ގޮސްފައެވެ. އޭނާ ވަނީ މިހާރު "24 ގަޑިއިރު ޑްރިޕްގައި" ހުންނަންޖެހޭ ކަމަށް ހާމަކޮށްފައެވެ.

ހުކުރު ދުވަހުގެ ރޭ އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި، ބާންސް ވަނީ ސެޕްޓެމްބަރު 11 އާ ހަމައަށް ކަނޑޫމާ ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ސްޓްރޭންޑެޑް އިން ދަ މޯލްޑިވްސް" ފެސްޓިވަލްގައި ބައިވެރިނުވެވޭތީ މަޢާފަށް އެދިފައެވެ. އޭނާގެ އާއިލާގެ މެންބަރުންނާއި އެހެން ގިނަ އާޓިސްޓުން މި ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށް ބާންސް ބުނެފައިވެއެވެ.

ބާންސް ވަނީ ފާއިތުވި ޑިސެމްބަރު މަހު ހާޓް ސަރޖަރީއެއް ހަދާފައެވެ. އަދި އޯގަސްޓް މަހު އިތުރު ސަރޖަރީއެއް ހަދަންޖެހުނު ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ. މި ސަބަބުތަކާ ހުރެ، އޯގަސްޓް އަދި ސެޕްޓެމްބަރ މަހަށް ހަމަޖެހިފައިވާ އޭނާގެ ޝޯތައްވެސް ވަނީ ފަސްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް