އެ މުއްދަތުފައި ފިލްމީ ދާއިރާގައި ކުރި ބައެެއް މަސައްކަތްތަކުގެ ސަބަބުން އާއިލާއަށް ތުނަތަވަސްވެރިކަން ގެނުވި ހަނދާންތައް އާކޮށް ނަވާޒުއްދީން ބުނި ގޮތުގައި ކުދި ރޯލުތަކުން ފެނުނު ދުވަސްވަރު، އޭނާގެ ބައްޕަ ވަރަށް ކަންބޮޑުވާ ކަމަށެވެ.
އެގޮތުން އެފަދަ ރޯލުތަކުގައި އަބަދުވެސް މީހުން އޭނާއަށް އަނިޔާކުރާ މަންޒަރު ފެންނާތީ އެފަދަ ރޯލުތައް ކުޅެނީ ކީއްކުރަންތޯ ބައްޕަ ސުވާލުކުރި ކަމަށް ނަވާޒުއްދީން ބުންޏެވެ. އަދި ގެއަށް ނައުމަށާއި އަވަށްގަނޑު މީހުން ކިޔައި އެއްޗެހީގެ ސަބަބުން އެމީހުން ލަދު ގަންނަ ކަމަށް ވެސް ބުންޏެވެ.
ނަވާޒުއްދީން އިތުރަށް ބުނީ، އޭނާގެ ބައްޕަ ހީކުރީ ފިލްމުތަކުގައި ތަޅަނީ އަސްލަށް ކަމަށެވެ. އެކަމަކު އެއީ ޑްރާމާއެއްކަން އެނގުމުން ފަހުން އެކަމާއި މާބޮޑު އެއްޗެއް ނުބުނާ ކަމަށް ވެސް ބުންޏެވެ.
ކުދި ރޯލުތައް ކުޅެނިކޮށް ނާވާޒުއްދީންއަށް ބޮޑު ހުށަހެޅުމެއް ލިބުނީ އަނުރާގް ކަޝްޔަޕްގެ ފަރާތުންނެވެ. އެގޮތުން ގޭންގް އޮފް ވަސީޕޫރުގައި ލީޑު ރޯލު ކުޅެން، އަނުރާގަށް ލިބުނުއިރު އެ ފިލްމު ބަލަން ދިއުމަށް ބައްޕަގެ ކައިރީ ވެސް އެދުން ކަމަށް ވެސް ބުންޏެވެ.
ކުދި ރޯލުތައް ނުޅެން އެދުނަސް ފިލްމީ ދާއިރާގައި މަސައްކަތް ނުކުރާކަށް އޭނާގެ ބައްޕަ ނާންގަ އެވެ.