ads
ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް
ނުކުޅެދޭ މީހުންގެ ހައްގު ހޯދައިދޭން މަޖިލީހުން މަސައްކަތް ކުރާނަން: އަނާރާ
ނުކުޅެދުންތެރިކަން ހުންނަ ފަރާތަަކަށް ހޯދަދޭން ޖެހޭ ހުރިހާ ހައްގުތަކެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.
Advertisement

އަނާރާ މިހެން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ގުޅޭ ސްޓޭކް ހޯލްޑާ ފޯރަމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށް ވާހަކަދައްކަމުންނެވެ.

އަނާރާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރުން އެންމެ އައުލާކަން ބޮޑީ ކަމާ ގުޅުންހުރި އިދާރާތަކާއި، ކޮމިޝަންތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަނުގެ މުވައްޒަފުން ކަަމަށް ވިދާޅުވެފައެވެ. އެގޮތުން އެފަރާތްތަަކަކީ އެންމެ އަޑުގަދަކޮށް އަޑުއުފުލަން ޖެހޭ ފަރާރްތައް ކަމަށް ފާހަގަކޮށް އަނާރާ ވިދާޅުވީ  ފޯރަމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތަަކުގެ ހައްގުގައި ކޮށްދޭންޖެހޭ ހުރިހާ ކަމެއް ކޮށްދޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

"އަޅުގަނޑު 18 ވަނަ މަޖިލީހުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި އަޑު އުފުލަމުން ދިޔަ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަކީ ވަރަށް ކައިރިން އަދިވެސް އެފަރާތްތަކާއެކު މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން ރާއްޖޭގެ އެންމެ މުހިއްމު އިސްކަމެއް ދޭން ޖެހޭ ކަމެއްގައި ފާހަގަކުރެވެނީ އެހެން ފަރާތްތަކާއި، އެހެން އާންމު އެންމެހާ ރައްޔިތުންނެކޭ އެއްގޮތަށް ނުކުޅޭދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ރީތިގޮތުގައި އަމިއްލައަށް އުޅެވޭނެ ގޮތްތަކެއް ފަހިވެގެން ދިޔުން" ހުރާ ދާއިރާގެ މެމްބަރު އަނާރާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ނުކުޅޭދޭ ފަރާތަަކުން ވަރަށް ރަނގަޅަށް އާއްމު ރައްޔިތުން ފަދައިން ދިރިއުޅޭތަން ފެންނަކަމަށް އަނާރާ ފާހަގކުރެއްވި އެވެ. އަދި އެގޮތަށް ރާއްޖޭގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްކަށް އުޅެވިގެން ދެވޭނެގޮތެއް މަގުފަހިކޮށްދިނުން އެއީ އެންމެން މިއަދު ކުރަން ޖެހިފައިވާ ކަމެއްކަމަށް އަނާރާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައސިއްޔަތުން، ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރާ ބައެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަވަނީ އަތޮޅުތަކުގައިވެސް ހާއްސަކޮށް ކުޑަކުދިން، ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިން އަދިވެސް ތިބީ ތައުލީމުން މަހުރޫމުވެފައި، ހަމަ އެގޮތަށް ފުރިހަމަ ސިއްހަތެއް ހޯދުމުންވެސް ބައެއް ފަހަަރަށް މަހުރޫމު އެބަވޭ އަތޮޅުތަކުގައި ސްޕީޗް ތެރަޕިސްޓުން ނެތުމުން ނޫނީ ނުކުޅޭދުންތެރިކަން ހުންނަ ފަރާތަތަކަށް ހާއްސަ ޑޮކްޓަރުން ނެތުމުގެ ސަބަބުން" އަނާރާ ފާހަގަކުރެއްވި އެވެ.

ނުކުޅެދޭ ފަރާތްތަކަށް އެމީހުންގެ ހައްގު ހޯދައިދިނުމަށް އަމަލީ ސިފަ ގެނެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަންކަން ހުރިކަމަށް އަނާރާ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ހުރިހާ ކަމެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތަަކަށް ހޯދަދޭން ޖެހޭ ހުރިހާ ހައްގުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަނާރާ ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް