ގްރޫޕް ދޭއްގެ ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ފްރާންސް އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން، ހެޑް-ޓު-ހެޑް ފަރަގުން ތިން ވަނައިގައި އޮތީ ބެލްޖިއަމް އެވެ. ފްރާންސުން އަމިއްލަ ދަނޑުގައި ބެލްޖިއަމްއާ ދެކޮޅަށް ފުރަތަމަ ގޯލް ޖެހީ 29 ވަނަ މިނެޓުގައި ކޯލޯ މުއާނީ އެވެ. އަދި ދެ ވަނަ ގޯލް 57 ވަނަ މިނެޓުގައި ޖެހީ ޑެމްބެލޭ އެވެ.
ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުނީ އިޓަލީ އަތުން ބަލިވި ބަލިވުމުގެ މާޔޫސްކަން ފިލުވާލަން މި މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރާ މެދު އުފާވާ ކަމަށާއި، ބެލްޖިއަމް ފަދަ ވަރުގަދަ ޓީމެއް އަތުން މޮޅުވުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.