ads
ކުދިކުދި ތަންކޮޅުގަައި ތޮއްޖެހިގެން އުޅޭ ބިދޭސީން ހޯދުމަށް ފެށި އޮޕަރޭޝަންގެ ތެރެއިން
ތޮއްޖެހިގެން އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ނުކުމެއްޖެ
ގަވައިދާ ހިލަފަށް އުޅޭ ބިދޭސީން އާއްމު ރައްކާތެރިކަމަށް ބެލުމެތް ނެތި ދިރިއުޅެމުންދާ ތަންތަން ބަލާ ފާސްކުރުމަށް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
Advertisement

ތޮއްޖެހިގެން އުޅޭ ބިދޭސީންގެ އެކޮމަޑޭޝަންތަން ބަލާ ފާސްކުރަން އިމިގްރޭޝަނުން މި ފެށީ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދިޔަ ގާމަގުގެ ކެފޭ ހުންނަ އިމާރާތުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން އަނދާ ހުލިވުމުންނެވެ. 

ލަކުޑިން ޑެގް އަޅާ ޓިނު ބިއްގަޑުތަކެއް ޖަހައިގެން 3 ބުރިއަރަށް ހަދާފައި ހުރި އެތަންނުގައި 50 ވުރެ ގިނަ ބިދޭސީން އުޅެމުންދިޔައެވެ. މި މީހުން އުޅެމުންދިޔައީ އެ އިމާރާތުގެ 3 ވަނަ ބައިގައެވެ. އެންމެ ތިރީގައި ހުރީ ގާމަގު ކެފޭއެވެ. އޭގެ މަތިން ދެވަނަ ބުރިއަކީ އެ ކެފޭގެ ބަދިގެއެވެ. އެއީ އަލިފާން ފުރަތަމަ ހިފި ތަނެވެ.

އިމިގްރޭޝަނުން ބުނީ ތޮއްޖެހިގެން ގަވައިދާ ހިލާފަށްް އުޅޭ ބިދޭސީން ހޯދުމަށް އިއްޔެ ފެށި އޮޕަރޭޝަންތައް ކުރިޔަށް ގެންދަނީ ވަކިތަންތަނަށް ހާއްސަކޮށްގެންކަމަށެވެ. އެގޮތުން އިއްޔެ މާލެއިން ތިން ތަނެއް ބަލާ ފާސްކޮށް 13 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

your imageނިދާ ކޮޓަރީގައި ގޭސް ފުޅި ބަހައްޓާ ކައްކާ ކައިބޮއި ހަދާ ބިދޭސީންތަކެއް 

މި އޮޕަރޭޝަންގައި މާލޭ ސަރަހައްދުގައި ހިމެނޭ މިފަދަ ހުރިހާ ބިދޭސީން އުޅޭ އެކޮމަޑޭޝަންތައް ބަލާ ފާސްކުރާނެކަަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އެ އިދާރާގެ މަގުސަދަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލައަށްް އަވަސް ހައްލު ހޯދައި އާއްމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިތުރަށް ކިޔާލުމަށް : ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނިންދަވާ ކާންދޭ މީހުންނަށް ފިޔަވަޅު އަޅަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އންޒާރު އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވަނީ ދެއްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް