ފަޅުތެރެއިން ފެނުނު ފިރިހެން މީހާގެ ހަށިގަނޑު ނަގައިގެން މިހާރު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ އެ ރަށު ޑެއިޒީފެހި، މުހައްމަދު ހަސަން އެވެ. އެއީ އުމުރުން 36 އަހަރުގެ މީހެކެވެ.
އެ މައްސަލާގައި ފުލުހުންދެންމެ ބުނީ ކުޅުދުއްފުށީ ފަޅު ތެރެއިން ހަބަރު ހުސްވެފައިވާ އޮތް މީހަކު ފެނިގެން އެ "ސީން" ގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯގައި ފުލުހުންނާއި އާންމުންގެ ބައެއް މީހުން އެ މީހާ މޫދުން ނެގުމަށް އެހީވާ ތަން ފެނެ އެވެ.
އިއްޔެ ނ. ހޮޅުދުއިން ވެސް މަރުވެފައި އޮތް މީހަކު ފެނިފައިވެ އެވެ.