މިއަދު ނޫހަކުން ވަނީ ރައީސް މުއިއްޒު މަޖިލިސް މެމްބަރުންނަށް އެ 75،000 ރުފިޔާ މިމަހު ދިންކަމަށް ރިޕޯޓްކޮށްފައެވެ. އަދި އެވާހަކަތަކާއި ގުޅޭ ވީޑިއޯއެއް ވަނީ އާއްމުކޮށްފައެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ޚަބަރެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާކަމަށް ބުނެ އެ ފަރާތްތަކާމެދު ސަމާލުވެ ދިވެހި ރައްޔިތުންނަށް ތަރުޖަމާނު ހީނާ ވަނީ ގޮވާލައްވާފައެވެ.