ads
ލޯކަލް ކައުންސިލްތަކުގެ އެސޯސިއޭޝަންގެ ބައްދަލުވުމެއްގެ ތެރެއިން: އެ އެސޯސިއޭޝަނުން ވަނީ ބިނާވެށި ގާނޫނާ ދެކޮޅު ހަދާފައި -- ފޮޓޯ/ ކައުންސިލްތަކުގެ އެސޯސިއޭޝަން
ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން، ބިނާވެށި ގާނޫނަށް ދެކޮޅު ހަދައިފި
ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނަށް ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ދެކޮޅު ހަދައިފި އެވެ.
Advertisement

މި ގާނޫނަށް އެ ޖަމްއިއްޔާއިން ދެކޮޅު ހަދާފައިވަނީ ރައްޔިތުން ތަމްސީލުކޮށް ހިދުމަތް ފޯރުކޮށްދޭ ނިޒާމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ އާއްމުންގެ އެއްވެސް ބަހެއް ނެތި މިނިސްޓަރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމަންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި އެފަދަ ގާނޫނުތައް އުފަންކޮށްގެން ހިންގާފައިވާ މަޝްރޫއުތަކުން ދިވެހިންނަށް ފައިދާނުވާ ކަމަށެވެ. 

އަދި އެ ޖަމްއިއްޔާއިން ބުނި ގޮތުގައި ރައްޔިތުންގެ ބަހާއި ބައިވެރިވުމާ ނުލައި ހިންގާފައިވާ ހަރަކާތްތަކުން މީގެ ކުރިންވެސް ފެނިގެން ގޮސްފައިވަނީ ބޮޑެތި ވައްކަމާއި ހިޔާނާތާއި ޓެކުންކަމަށެވެ.

މިފަދަ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެ ޖަމިއްޔާއިން ވަނީ ބިނާވެށި ގާނޫނު އަނބުރާ ގެންގޮސް، އެ ގާނޫން އިސްލާހުކުރުމަށް ވެސް ގޮވާލާފައެވެ. 

މި މައްސަލައާއި ގުޅިގެން ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ބުނީ ރައްޔިތުން ތަމްސީލުކޮށް ހިދުމަތް ފޯރުކޮށްދޭ ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް އެ ގާނޫނުގެ ސަބަބުން ވަރަށް ބޮޑަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށާއި އަދި އެ ބަދަލުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާ ވާނެ ގޮތަށް ރާވައި ތަރުތީބު ކުރުމުގެ ފުރުސަތު ވެސް ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

އެ ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމުގެ އިސް ޒިންމާ އަދާކުރާނީ ޕްލޭނިން މިނިސްޓަރު ކަމަށް އެ ގާނޫނުގައި އެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން އެ ރަށެއްގެ ބިން ބޭނުންކުރާނެ ގޮތް ނިންމާނީ ރަށުގެ އާއްމުންގެ ބައިވެރިވުމާ އެކު ކައުންސިލުންނެވެ.

"ދިގު ޒަމާންތަކަށް ފަހު ކަނޑައެޅިގެން ދިޔަ ކައުންސިލްތަކުގެ އިހުތިސާސީ ރޮނގު މުޖުތަމައުގެ ބަހެއް ނެތި ފޮހެލުމުގެ ބާރު ވަޒީރަކަށް ލިބެއެވެ. މުޖުތަމައުގެ ބަހެއް ނެތި ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް މި ގާނޫނުން ބަންދުކޮށް، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދެއެވެ." ގާނޫނުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް، ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން އެ ރަށެއްގެ ބިން ބޭނުންކުރާނެ ގޮތް ނިންމާނީ ރަށުގެ އާއްމުންގެ ބައިވެރިވުމާ އެކު ކައުންސިލުންނެވެ.

ގަރާރުގައި ބުނީ ބިނާވެށި ގާނޫނަށް ހިޔާލު ހޯދުމުގެ ހުރިހާ މަރުހަލާއެއްގައި އެ ޖަމިއްޔާ އާއި މެމްބަރު ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް ވަރަކަށް މަޖިލީހުން ރިއާޔަތް ކޮށްފައިނުވާ ކަމަށެވެ. އޭގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓްރީއާ މަޝްވަރާކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީގައި ދެއްވާފައިވާ އިރުޝާދުތަކާ އެ ގާނޫނު ތައާރަޒުވާ ކަމަށް ވެސް ގަރާރުގައި ވެއެވެ. 

"ދިގު ޒަމާންތަކަށް ފަހު ކަނޑައެޅިގެން ދިޔަ ކައުންސިލްތަކުގެ އިހުތިސާސީ ރޮނގު މުޖުތަމައުގެ ބަހެއް ނެތި ފޮހެލުމުގެ ބާރު ވަޒީރަކަށް ލިބެއެވެ. މުޖުތަމައުގެ ބަހެއް ނެތި ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް މި ގާނޫނުން ބަންދުކޮށް، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދެއެވެ." ގަރާރުގައި ވެއެވެ.

މީގެ އިތުރުން އެ ވުޒާރާއިން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ދިރާސާކޮށް، މަޝްވަރާތައް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް މި ގާނޫނު ފާސްކުރުމުގައި ކައުންސިލްތަކާއި ފަންނީ މާހިރުން އެކަހެރި ކުރުމުން ސަރުކާރުން ރައްޔިތުންނާ ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް ހިޔަނި އެޅިއްޖެ ކަމަށް ވެސް މި ގަރާރުގައި ވެ އެވެ.

މި ގަރާރުގައި އިތުރަށް ބުނެފައިވަނީ ދިގު ޒަމާންތަކަށް ފަހު ކަނޑައެޅިގެން ދިޔަ ކައުންސިލްތަކުގެ އިހުތިސާސީ ރޮނގު މުޖުތަމައުގެ ބަހެއް ނެތި ފޮހެލުމުގެ ބާރު ވަޒީރަކަށް ލިބޭކަމަށާއި މުޖުތަމައުގެ ބަހެއް ނެތި ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް މި ގާނޫނުން ބަންދުކޮށް، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދޭކަމަށެވެ.

"ދިގު ޒަމާންތަކަށް ފަހު ކަނޑައެޅިގެން ދިޔަ ކައުންސިލްތަކުގެ އިހުތިސާސީ ރޮނގު މުޖުތަމައުގެ ބަހެއް ނެތި ފޮހެލުމުގެ ބާރު ވަޒީރަކަށް ލިބެއެވެ. މުޖުތަމައުގެ ބަހެއް ނެތި ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް މި ގާނޫނުން ބަންދުކޮށް، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދެއެވެ." ގަރާރުގައި ވެއެވެ.

މި ކަންބޮޑުވުންތަކާ ހެދި އެ ޖަމްއިއްޔާއިން މިހާރު ވަނީ ބިނާވެށި ގާނޫނު އަނބުރާ އިސްލާހުކޮށް، އެ ގާނޫނު މިހާރު އޮތްގޮތާ ދެކޮޅު ހަދައި އިސްލާހުކުރުމަށް ވަކާލާތުކޮށް، މަސައްކަތްކުރަން އިގުރާރުވެފަ އެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް އެވެ.

މީގެ އިތުރުން، މި ގާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވާލައި ފާސްވުމަށް ފަހު، ޕްލޭންތައް ތަންފީޒު ވަމުންދާ ގޮތް ބެލުމާއި ބިން ތަރައްގީކުރުމުގެ ހުއްދަތައް ދެވެނީ ވަކި އިދާރާތަކަކަށެވެ.

އޭގެ ތެރޭގައި، ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އާބަން ސަރަހައްދުތައް ޕްލޭން ކުރަން ކަނޑައަޅާ އިދާރާތަކާއި ސިނާއީ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތަކުގެ އިތުރުން އިގުތިސޯދީ ހާއްސަ ސަރަހައްދުތައް ޕްލޭން ކުރުމަށް ކަނޑައަޅާ އިދާރަތައް ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅުވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް