ads
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސް އާތިކާ އިބްރާހިމާ
މުވައްޒަފުންނަށް ބުލީކުރާކަމަށް ބުނާ ޕީއެސްއެއްގެ މައްސަލަ ބަލަނީ
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕީއެސް އާތިކާ އިބްރާހިމާއި ގުޅޭގޮތުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ހުށައެޅި މައްސަލައެއް ސިވިލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފިއެވެ.
Advertisement

އެ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަނާއި ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ. އެ ޕެޓިޝަންގައި އެ މުވައްޒަފުން ވަނީ މިނިސްޓްރީގެ އެކްޓިން ޕީއެސްގެ ގޮތުގައި ހުރި ޑިރެކްޓަ ޖެނަރަލް އާތިކާ އިބްރާހިމް އިސްވެ ހުންނަވައި މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާކަމަށް ތުހުމަތުކޮށްފައެވެ. 

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގައި ސިވިލް ސާވިސް 31 މުވައްޒަފުން ތިބެއެވެ. އޭގެތެރެެއިން 22 މުވައްޒަފުން ސޮއިކުރި ޕެޓިޝަންގައި ވަނީ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއްނެތި އުސޫލުތަކާއި ހަމަތަކުގެ ބޭރުން ސިޔާސީ ބައެއް ވެރިން ރުއްސުމަށްޓަކައި އިންސާނީ ކަރާމާތައް ބެލުމެއްނެތި ހަމަހަމަކަމުގެ އުސޫލުން ބޭރުން ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ރިއާޔަތްކުރުމަކާއި ނުލާ ގަނާކުރުމުގެ އުސޫލުން އެވަގުތަކު ބޭނުންވާ ފަރާތެއް ލައްވައި ބޭނުންކަމަށް ކުރަމުން ގެންދާކަމަށެވެ.

މިކަމުގައި ސަބަބުން މުޅި މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި، ރުޅިވެރިކަމާއި، ހިތްހަމަނުޖެހުން އުފެދި ވަޒީފާގެ މަސްއޫލިއްޔަތުތައް އޮޅުން ބޮޅުންވެ މަސައްކަތް ކުރަން ދަތިވާ ހިސާބަށް އޮފީހުގެ ކަންކަން ބޮއްސުންލާފައިވާކަމަށް މުވައްޒަފުންގެ ޕެޓިޝަންގައިވެއެވެ. 

 ޕެޓިޝަންގައި ފާހަގަކޮށްފައިވާ މައްސަލަތައް 

• މީޓިންތަކަށް ސައި ތައްޔާރުކުރުމަކީ ސަޕޯޓް ސްޓާފުންގެ މަސައްކަތަކަށް ވިޔަސް "ބައެއް ބޭފުޅުންނަށް" ސައި ތައްޔާރުކުރާ ވަރަށް ވުރެ އެ މުވައްޒަފުން އެކަށީގެން ނުވާ ކަމަށް ބުނެ، އެޑްމިނިސްޓްރޭޓިވް ސްޓާފުން ލައްވައި ގަދަކަމުން ސައި ތައްޔާރުކުރުވުން.

• އެއް ލެވެލްއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސައްކަތް ހަވާލުކުރުމުގައި ތަފާތުކޮށް ވަކިވަކި މުވައްޒަފުންނަށް އިސްކަންދިނުން.

• ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ދުރާލައި އިންތިޒާމު ކުރުމެއް ނެތި ވަކި ހާއްސަ ހާލަތަކާ ނުލައި މުވައްޒަފުންނަށް ދަތިވާ ގޮތަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން އޮފީހަށް ނުކުތުމަށް މަޖުބޫރުކުރުން.

• ވަކިވަކި މުވައްޒަފުންނަށް ޒާތީ ގޮތުން ޖައްސާލުން.

• އޮފީހުގެ ރަސްމީ ގަޑީގައި މުވައްޒަފުން ނޫން މީހުން އޮފީހަށް ގެނެސް އޮފީހުގެ މަސައްކަތްތަކުގައި ޝާމިލުކޮށްގެން ގެންގުޅުން.

• ރިޕޯޓިން ހައިރާކީ އޮޅޭ ގޮތަށް މަސައްކަތް ހަވާލުކުރުން.

• ކޯޕަރޭޓް ޑިޕާޓްމަންޓުގެ ސިޔާސީ އިސް ބައެއް ބޭފުޅުންނާ އެކު، އެކްޓިން ޕީއެސް އިންނަވައިގެން އިސްލާމްދީނުގެ ހަމަތަކާއި ދިވެހިންގެ ރީތި އާދަތަކާއި ސަގާފަތަށް ބުރޫއަރާ ގޮތަށް އޮފީހުގެ އެހެން ބައެއް މުވައްޒަފުންގެ ސިފަޔާއި ބުރުސޫރައަށް މަލާމާތް ރައްދުވާ ގޮތަށް ނެތިމޮށުން.

• އޮފީހުގެ މުވައްޒަފުންނަށް ކުރެވޭ ކަހަލަ ބައެއް މަސައްކަތް ހަވާލުނުކޮށް ބޭރުން މީހުން ގެނެސްގެން ކުރުވުން.

• މުވައްޒަފުންނަށް އެނގުމަކާ ނުލައި، ވަކި ސަބަބެއް ބަޔާންކުރުމެއް ނެތި، ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ވަކި ބޭފުޅަކު އަންގަވައިގެން ކަމަށް ބުނެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކުރުން.

• ގަވާއިދާ ހިލަފާށް އަމަލުކުރަން އެންގުމާއި އެ ކަހަލަ ކަންކަމުގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓް ތައްޔާރުކުރުމަށް އެއްބާރުލުން ނުދިނުން.

• މިގޮތަށް އެކްޓިން ޕީއެސް ކުރައްވާ ހުރިހާ ކަމަކީ ސީދާ މިނިސްޓަރު ވިދާޅުވެގެން ކުރާ ކަމެއް ކަމަށް މުވައްޒަފުންނަށް އަންގައި ބިރުދައްކާ މަޖުބޫރުން ކަންކަން ކުރުވުން.

އާތިކާއަކީ ވަނީ މީގެކުރިން ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމުވެސް އަދާކޮށްފައެވެ. އެދުވަސްވަރުވެސް ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުން ލައްވާ ބައެއްކަންކަން ކުރުވާ މައްސަލަ ފެންމަތިވިއެވެ. އަދި އެ މައްސަލާގައި އޭނާ ސަސްޕެންޑުވެސް ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް