ads
މީރާ އޮފީސް
ޑޮލަރުން ޓެކްސް ނެގޭ ގޮތަށް އިންކަމް ޓެކްސް ގަވާއިދު އިސްލާހުކޮށްފި
ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޑޮލަރުން ދައްކަންޖެހޭ ގޮތަށް ޓެކްސް އިދާރާ މީރާ އިން މިއަދު ގަވާއިދު އިސްލާހުކޮށްފި އެވެ.
Advertisement

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެޒެޓުކޮށްފައިވާ ގަވާއިދުގައި ވަނީ މި ހިނގާ އަހަރުގެ ޓެކްސް ޑޮލަރުން ނެގޭ ގޮތަށެވެ.

މިހެން ނަމަވެސް މި އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާނަށް މި ގަވާއިދުގައި އޮތް އުސޫލު ނުހިނގާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި މި ގަވާއިދުގައި އޮތް އުސޫލު ހިނގާނީ އަންނަ އޮކްޓޯބަރު 31، ގެ ފަހުން ހުށަހަޅާ ބަޔާންތައް ތައްޔާރުކުރުމުގައި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މި އިސްލާހުގައި ވާގޮތުން، މާލީ ބަޔާން ރުފިޔާއިން ތައްޔާރުކުރާ ކުންފުނިތަކުން އާމްދަނީ ޓެކްސް މީރާއަށް ދައްކަންޖެހޭނީ ރުފިޔާއިން ނުވަތަ ޑޮލަރުންނެވެ.

އޭގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތްހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތްހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކްސް ވެސް ދައްކަން ޖެހޭނީ ޑޮލަރުން ނުވަތަ ރުފިޔާއިން ކަމަށް ގަވައިދުގައިވެ އެވެ.

ނަމަވެސް، މި ޓެކްސް ދައްކަންޖެހޭ ފަރާތްތަކަށް އާމްދަނީ ލިބޭ ފައިސާއަކީ ދިވެހި ރުފިޔާ ނޫން ފައިސާއެއްކަމަށް ވާނަމަ، އެ ޓެކްސް ދައްކަންޖެހޭނީ ޑޮލަރުންކަމަށް އިސްލާހުގައި ވެއެވެ.

ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކާ ފައިސާ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް، ގާނޫނާއި ގަވައިދަށް އިސްލާހު ގެންނަން ކެބިނެޓުން ނިންމީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ކެބިނެޓުގެ އެ ނިންމުމާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމް މިދިޔަ މަހުގެ 25 ގައި ނޫސްވެރިން ގާތު ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ވެސް އެ ކުންފުނިތަކުން ޑޮލަރުން ދޭ ކަމަށެވެ. އެކަމަކު ޕެންޝަނަށް ފައިސާ ދައްކަނީ ދިވެހި ރުފިޔާ އިން ކަމަށް ވިދާޅުވި އެވެ. އެހެންވެ، އެ ކަން ބަދަލު ކުރަން ކެބިނެޓުން ނިންމާފައިވާ ކަމަށް އޭނާ އެ ދުވަހު ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް