ads
ހައްޖު ކޯޕަރޭޝަންގެ އާ އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން އެ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް. ފޮޓޯ: ޕީއެސްއެމް
ހައްޖު ކޯޕަރޭޝަންގެ އާ އިމާރާތުގެ ބިންގާ އަޅައިފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
Advertisement

ހައްޖު ކޯޕަރޭޝަންގެ އާ އިމާރާތް އަޅަނީ ހުޅުމާލޭގައެވެ. އެ އިމާރާތް އެޅުމަށް 5000 އަކަ ފޫޓްގެ ބިމެއްވަނީ އެ ކޯޕަރޭޝަނަށް ދީފައެވެ. 

9 ބުރިއަށް ހަދާ  މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްްފައިވަނީ މެޑްޓެކް މޯލްޑިވްސް ކުންފުންޏާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 18 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް 79 މިލިއަން ރުފިޔާއަށެވެ.  

ހައްޖު ކޯޕަރޭޝަންގެ އޮފީސް މިހާތަނަށްވެސް ހިންގަމުން އަންނަނީ މާލޭއިން ތަންތަން ކުއްްޔަށް ހިފައިގެންނެވެ. އާ އިމާރާތުގެ މަސައްކަތް ނިމުމުން އާމްދަނީ ހޯދުމަށް އެތަނުން ބައެއް ބުރިތައް އޮފީސްތައް ހިންގުމަށް ކުއްޔަށް ދޭން ހައްޖު ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. 

ރާއްޖެއަށް ލިބޭ ހައްޖު ކޯޓަގެ 1000 ޖަގާ ސަރުކާރުން މިއހަރު ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި ފަހުން ލިބުނު 150 ޖާގަވެސް ދީފައިވާ އެ ކޯޕަރޭޝަނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް