މ. އަސަރީ ހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ދަތުރުގޮސް އުލެނިކޮށް ގެއްލުނީ މިދިޔަ މަހުގެ 30 ވަނަ ދުވައެވެ. ދުވަހުއެެވެ. އޭނާއާ އެކު ދަތުރު ދިޔަ މީހުންނާއި ހަވާލާދީ ފުުލުހުން ބުނީ އެންމެ ފަހުން ތަސްލީމް ފެނިފައި ވަނީ އެ ދުވަހުގެ ހެނދުނު 10-11 އާ ދެމެދު ކަމަށެވެ.
ތަސްލީމް މުހައްމަދުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތަސްލީމު އެ ދުވަހު އެ ފަސްގަނޑަށް ދަތުރު ދިޔައީ އެތަނުގައި އޮތް އުފަސްދުވަހުގެ ޕާޓީއަކާއި އެންގޭޖްމަންޓް ޕާޓީއަކަށް ބެކް ޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށްކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ. އަދި މި ދަތުރުގައި 25 މީހުންނާއި ދެ ކުޑަކުދިން ބައިވެރިވިކަމަށެވެ.
ފުލުހުން ބުނީ ފަސްގަނޑަށް ތަސްލީމު ހިމެނޭ ގްރޫޕް ދަތުރު ދިޔައީ އޮގަސްޓްމަހުގެ 29 ވަނަދުވަހު 17:00 -17:30 ދެމެދުގެ ވަގުތެއްގައިކަމަށާއި އެމީހުން ދިޔައިރު އިތުރު ބަޔަކު އެ ފަސްގަނޑަށް ދަތުރު ގޮސް ތިބިކަމަށެވެ.
ދަތުރުގެ ބައެއް ބައިވެރިން ނަގާފައިވާ ފޮޓޯތަކުން ދަތުރު ދިޔަ ޖަހާފައި ހުރި ޓެންޓްކައިރީ އެރޭ ދަންވަރު 12 ގެ ފަހުން ތަސްލީމު ނިދާފައި އޮތް މަންޒަރު ފެންނަކަމަށާއި އަދި ޖެހިގެން އައި ދުވަހު ތަސްލީމު ގެއްލުނު ދުވަހު ހެނދުނުގެ ވަގުތުތަކުގައިވެސް ދަތުރުގެ ބައިވެރިންނާއި އެކު އުޅޭތަން ފެނިފައިވާކަމަށްް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
މި މައްސަލައިގެ ތަހުގީގުގައި ތަސްލީމު މުހައްމަދާއެކު ދަތުރު ދިޔަ މީހުންނާއި ސުވާލުކުރުމުގެ އިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގްރޫޕެއްގައި ހިމެނޭ 12 މީހުންނާވެސް ތަހުގީގުގައި ސުވާލުކޮށްފައިވައިވާކަމަށްް ފުލުހުން ބުނެއެވެ.
އިންޓަޕޯލް ޔެލޯ ނޯޓިސް އަކީ ގެއްލޭ މީހުންގެ ހޯދުމަށް އެމީހުންގެ މައުލޫމާތުތައް ހިމެނޭ ނެރޭ ލިޔުމެކެވެ.
ފުލުހުން ބުނީ ތަސްލީމު ހޯދުމަށް ފުލުހުންގެ ޑައިވިން ޓީމް ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ޑައިވްކޮށް ބަލާފައިވާކަމަށެވެ. އަދި އެމްއެންޑީއެފްގެ ޑައިވިން ޓީމުން 3 ދުވަސް ވަންދެން 943،998 އަކަ މީޓަރު ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.