ads
ކްރިތީ---
ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ހީކޮށް ކްރިތީ ބިރުން ހަލާކު!
ކޮވިޑް19އަށް ޕޮޒިޓިވްވި ކަމަށް ހީކޮށް ވަރަށް ބިރުގަތް ކަމަށް އެކްޓަރެސް ކްރިތީ ހަރްބަންޑާ ބުނެފި އެވެ.

ދާދި ފަހުން ކްރިތީ ވަނީ އޭނާގެ ލޯބިވެރިޔާ ޕުލްކިތު ސަމްރާޓް އާ އެކު ދިއްލީއަށް ގޮސްފަ އެވެ. ދިއްލީއިން އެނބުރި އައުމަށްފަހު ކްރިތީއަށް ވަނީ ކޮވިޑް 19 ގެ އަލާމަތްތައް ފެނިފައި ކަމަށް ކްރިތީ ވަނީ ބުނެފަ އެވެ.

އެގޮތުން ވަރަށް ގަދައަށް ރޯގާޖެހުނު ކަމަށް ކްރިތީ ވަނީ ބުނެފަ އެވެ. ކްރިތީ ބުނީ އެކަމާ ގުޅިގެން ވަރަށް ބިރުގަތް ކަމަށެވެ. ނަމަވެސް އޭރު އެގައުމުން އެބައްޔަށް ޓެސްޓު ނުކުރެވޭތީ ޑޮކްޓަރުގެ ލަފާގެ މަތިން ގޭގައި މަޑުކުރީ ކަމަށް ކްރިތީ ވަނީ ބުނެފަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އޭނާގެ ހާލު ރަނގަޅުވި ކަމަށް ކްރިތީ ބުންޏެވެ.

އުމުރުން 31 އަހަރުގެ ކްރިތީ ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ "ހައުސްފުލް 4" އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ދާނީ "ޕާގަލްޕަންތީ" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް