އަމިއްލަ ދަނޑުގައި ލިވަޕޫލް ރޭ ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މިއީ، 55 އަހަރު ތެރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން ފުރަތަމަ ވީ ބައްޔެވެ. ފޮރެސްޓް، އެންމެ ފަހުން، ލިވަޕޫލް ދަނޑުގައި މޮޅުވީ، 1969 ވަނަ އަހަރު އެވެ. އަނެއްކޮޅުން ލީގުގައި މި ސީޒަންގައި ސްލޮޓްގެ ކޯޗުކަމުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވީ، ކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ. މި ފަހަރު ފުރަތަމަ ވަތް ލަނޑާއެކު ފުރަތަމަ ބަލިވެސްވީއެވެ.
މެޗުގައި ފޮރެސްޓްގެ ހަމައެކަނި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި، ކަލުމް ހަޑްސަން އޮޑޯއި އެވެ.