އެމެރިކާ ލީގުގައި މެސީގެ ލަނޑުތަކާއެކު ރޭ އިންޓަމިޔާމީ މޮޅުވީ ތިން ލަނޑު އެއް ލަނޑުން ފިލަޑެލްފިއާ ޔޫނިއަން އަތުންނެވެ. މި މެޗުގައި އިންޓަމިޔާމީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެސީ ޖެހިއިރު، އަނެއް ލަނޑު ޖަހަން އެހީތެރިވެދިނީވެސް މެސީއެވެ.
މިއީ، ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާގެ ކެޕްޓަން، ޖުލައި މަހު ކޮޕަ އެމެރިކާ ފައިނަލުގައި ކޮލަމްބިއާ އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާއަށް ފަހު މެސީ ކުޅުނު ފުރަތަމަ މެޗެވެ. އެ އަނިޔާގެ ސަބަބުން މި މަހުގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅުނު މެޗުތަކުގައި މެސީ ނުކުޅެއެވެ.
މެޗަށް ފަހު މިހާރު މި ސީޒަނުގައި ކުޅުނު 13 މެޗުން 14 ގޯލް ޖަހާފައިވާ މެސީ ވަނީ އޭނާ "ކުޑަކޮށް ވަރުބަލިވެފައި" ކަމަށް އެއްބަސްވެފަ އެވެ.