ads
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް
ބަންކަރިންގެ މަސައްކަތް ކާމިޔާބުވާނެ : ވަޖީހް
އިހަވަންދިއްޕޮޅުގައި ފަށާ ބައިނަލް އަގްވާމީ ބަންކަރިން ހިދުމަތް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް ވިދާޅުވެއްޖެއެވެ.
Advertisement

ބަންކަރިން މަޝްރޫއެއް ހިންގަނީ އެސްޓީއޯއާ، ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ  ގުޅިގެންނެވެ. މި މަޝްރޫއު މިމަހުގެ 20 ވަނަ ދުވަހު ފަށާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން  އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރި ޕްލޭންތަކާ އެއްގޮތަށް ހުރިހާ މަސައްކަތްތަކެެއް ނިމި ހިދުމަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ. 

މީގެކުރިން އެކި ސަރުކާރުން އުތުރުގައި މެރިޓައިމް ހިދުމަތް ފެށުމުގެ ވާހަކަ ދެއްކި ނަމަވެސް އެކަން އަމަލީ ގޮތުން ކުރެވުނު ބައެއް މި ސަރުކާރު ނޫނީ ނެތްކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި 10 މަސް ދުވަހުގެ ތެރޭ ތައްޔާރުވުމީ މި މިކަމާއި މެދު ސުވާލު އުފެއްދި މީހުނަށް ދެވޭނެ އެންމެ ރަނގަޅު ޖަވާބުކަމަށްވެސް ވަޖީހު ވިދާޅުވިއެވެ. 

" މީގެކުރިން އެކި ސަރުކާރުން ދެއްކި އުތުރުގައި މެރިޓައިމް ހިދުމަތް ފެށުމުގެ ވާހަކަ. އެކަމަކު މި ސަރުކާރަށް ނޫނީ އަމަލީ ގޮތުން ކުރެވުނު ބައެއް ނެތް. މި ސަރުކާރުން މި އޮތީ 10 މަސްދުވަހުގެ ތެރޭގައި އޮފް ޝޯ ބަންކަރިން ހިދުމަތް ދޭން ތައްޔާރުވެފައި. އެހެންވީމާ އެއީ ސުވާލު އުފައްދާ މީހުންނަށް އޮތް ޖަވާބަކީ. އެމްޕީއެލް، ސަރުކާރު އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުންވެސް ގަބޫލުކުރޭ މިހާރު މި ފަށާ މަސައްކަތްތައް ކާމިޔާބުވާނެކަން. " އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ދެ ބޯޓާއި، ޓަގް ބޯޓު ވެސް މިހާރު ގެނެސް ކުޅުދުއްފުށީގައި ބަނދަރުކޮށްފައިވާކަމަށް ވަޖީހް ވިދާޅުވިއެވެ. އަދި މި ހިދުމަތްދޭން ބޭނުންވާ މުވައްޒަފުންނަށް ބޭނުންވާ ތަންތަން ހަދާ ތަމްރީނުތައް ދީ ނިމިފައިވާކަމަށްވެސް ވަޖީހް ވިދާޅުވިއެވެ. 

ވަޖީހް ވިދާޅުވީ، މަސައްކަތް ދާ ގޮތުން ބަންކަރިންގެ މަޝްރޫއު ފަށަން މިހާރު ޕްލޭންކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް