ޕީޖީ އޮފީސް ކުއާޓާއަށް ދިޔައީ ރޭ، މާލޭ ސިޓީ ކައުންސިލް ބަލިކޮށްގެނެވެ. މާލޭ ސިޓީ ކައުންސިލާ ޕީޖީގެ މެޗުން ޕީޖީ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
ސިޓީ ކައުންސިލަށް ރޭގެ މެޗުން ބަލިވެ މުބާރާތް ނިމުނު އިރު، ރަނގަޅަށް ފެށި މި ޓީމު މި ކެޓީ ވިދިވިދިގެން ދެބަލި ވެގެންނެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސިޓީ ކައުންސިލްވަނީ ދެ ލަނޑުގެ ލީޑެއްގައި އޮތުމަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ޑީޖޭއޭ އަތުން ބަލިވެފައެވެ.
ޕީޖީ އޮފީހުން ކުއާޓާގެ ފުރުސަތު ހޯދިއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ޕީޖީވަނީ ބޮޑު ތަފާތަކުން ޑިޖޭއޭ އަތުން ބަލިވެފައެވެ.