ads
ފުލުހުން މަތުމަތި ބަލަހައްޓަނީ
މާލޭ ޒޯނަށް ރަޖިސްޓްރީނުކޮށް މާލޭގައި ދުއްވާ ވެހިކަލުތަކުގައި ސްޓިކާ ޖަހަނީ
މާލެ ސަރަހައްދަށް ރަޖިސްޓްރީ ނުކޮށް މާލޭގައި ދުއްވާ އުޅަނދުތަކުގައި ސްޓިކާ ޖެހުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
Advertisement

ފުލުހުން މިރޭ ނެރުނު އެންގުމެެއްގައި ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތަކާއި މާލޭ ޒޯން ފިޔަވާ އެހެނިހެން ޒޯންތަކުގައި ރަޖިސްޓްރީކޮށްގެން މާލޭ ސަރަހައްދުގައި ދުއްވަމުން ގެންދާ އުޅަނދުތައް ގާނޫނާއި ގަވައިދުތަަކަށް ފެއްތުމަށް ފުރުސަތު ދިނުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. 

ފުލުހުން ބުނީ މި މަޝސައްކަތުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ވަގުތީ ގޮތުން ކަނޑައަޅާފައިވާ ސަރަހައްދަށް އެ އެޅަނދުތައް ގެންދިޔުމަށް އަންގާ ސްޓިކާ ޖަހަން ފަށާފައިވާކަމަށެވެެ. އަދި ސްޓިކާ ހަރުކޮށްްފައިވާ އުޅަނދުތައް އޭގެ ވެރިފަރާތްތަކުން އެ ސްޓިކާގައިވާ ގަޑި ހަމަވުމުގެ ކުރިން އުޅަނދު ނެގުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ. 

މާލޭ ސަރަހައްދުގައި ނުގަވައިދުން ހުންނަ ވެހިކަލްތައް ގަވައިދަށް ފެއްތެން ދެން ވަގުތީ ގޮތުން ޕާކުކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސާ އެ ބިމަށް ވީ އެންމެ އަވަހަކަށް ގެންދިޔުމަށް ޓްރާންސްޕޯޓުން ވަނީ އަންގާފައެވެ. 

އެ ބިމުގައި އެންމެ ގިނަ ދުވަހަށް އުޅަނދެއް ބޭއްވޭނީ ހަ މަސް ދުވަސްވަންދެންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް