ސައިކަލްގެ ފަހަތާއި އިން މީހަކު ސާފިން ބޯޑެއް ހިފައިގެން ބްރިޖު ހުރަސްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސާފިން ބޯޑު އުފުލި މީހަކާ ހޯދާ އެމީހާއަށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި އޭނާއާ މެދު ފިޔަވަޅު އެޅީ ގަވައިދާ ހިލަފަށް މުދާ އުފުލުމުގެ މައްސަލައިގައިކަމަށް ފުލުހުން ބުނެއެވެ.
ދާދި ފަހުން ސައިކަލެއް ފުރެންދެން މާ ގަސްތަކެއް އަރުވައިގެން ބްރިޖު ހުރަކޮށް ހައިވޭއިން ދިޔަ މީހަކު ހޯދާ ފުލުހުން ވަނީ އެމީހަށް ވެސް ފިޔަވަޅު އަޅާފައެވެ.
ސައިކަލަކަށް ސާފް ބޯޑެއް އަރުވައިގެން ބްރިޖާއި ހައިވޭ ހުރަސްކުރި މީހަކާމެދު ފުލުހުން ފިޔަވަޅު އަޅައިފި އެވެ.
ފުލުހުން ބުނީ ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސާފްބޯޑެއް އުފުލި މީހަކާމެދު، ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށްވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ދާދިފަހުން ވަނީ ބްރިޖުމަތިން މާގަސްތަކެއް އުފުލި މީހަކަށް ވެސް ފިޔަވަޅު އަޅާފަ އެވެ.