ads
ޖޭއެސްސީގެ މެމްބަރުން
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
Advertisement

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މަގާމުގައި ކުރިން ހުންނެވި އައިޝަތު ރިޒްނާ ވަނީ އޭނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށުމާއެކު މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ޖޭއެސްސީން ބުނީ  ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 26 ވާ ބުރާސްފަތި ދުވަހު މެންދުރު 1:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ދައުރަކީ ފަސް އަހަރުއެވެ. މި މަގާމަށް  އައްޔަންކުރާ މީހެއްގެ ޖުމްލަ މުސާރައަކީ 47،500 އެވެ.

މި މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި އިދާރީ ހިންގުމުގެ ނުވަތަ ގާނޫނީ ދާއިރާއިން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.  

ކުރިން ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ގޮތުގައި ހުންނެވި ރިޒްނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށިނަމަވެސް އެކަމުގެ ތަފްސީލެއް ޑީޖޭއޭއިން ހާމަ ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަން ފެށީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް