ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
20 އަހަރުގެ ތަރައްޤީގެ ޕްލޭން ހަދަން ފަށައިފިން : ރައީސް
ކުރިއަށްއޮތް 20 އަހަރު ދުވަހުގެ ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް ނިންމަވައިފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
Advertisement

ރައީސް މުއިއްޒު މިއަދު އެކްސްއަށް ދޫކޮށްލެވި ވީޑިއޯގައި ވިދާޅުވީ  20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭންގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ނިންމުން އިއްޔެ ކެބިނެޓުން ނިންމައިފައިވާ ކަމަށެވެ. އަދި އެ ޕްލޭންގެ މަސައްކަތް ކުރިއަށްގެންދާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވރ. އެގޮތުން  ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ސްޓޭކްހޯލްޑަރުންނާއި މާހިރުންގެ މަޝްވަރާ ހޯއްދަވާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. 

"މީގެ މަގުސަދަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް، ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވުރު ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިޔުމަކީ، ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މި ޕްލޭން އެކުލަވާލަން ނިންމާފައިވާއިރު މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ވެސް ލިބޭގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ މި ޕޭލޭނާއި ގުޅޭ މަޝްވަރާތައް ހުރިހާ ރަށެއްގައި  ކުރިއަށްގެންދާނެ ކަމަށެވެ.

"ކަމާ ބެހޭ އެކިއެކި ޖަމްއިއްޔާތަކާއި ހުރިހާ ޖަމާއަތްތަކާއި ކުޅިވަރު ކުޅޭ ފަރާތްތަކާއި އެކިއެކި ސިޔާސީ ޕާޓީތަކާއި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވިޔަސް، ގައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއި މި ހުރިހާ ފަރާތްތަކާ ވަރަށް އޮގަނައިޒްޑް ގޮތެއްގައި ވަރަށް ތަފުސީލީ ގޮތެއްގައި އަޅުގަނޑުމެން މަޝްވަރާކުރާނަން،" ރައީސް ވިދާޅުވިއެވެ.

މީި ޕްލޭންގެ މަސައްކަތުގައި އެކި ދާއިރާތަކުން ބޭރުގެ މާހިރުން ވެސް ބައިވެރިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އިގުތިސާދީ ދާއިރާ، އިޖުތިމާއީ ދާއިރާ، އަދި ގަވަނަންސްގެ ދާއިރާއިން، ސްޕޭޝަލް ޕްލޭނިން ދާއިރާއިން، އާބަން ޑިވޮލަޕްމެންޓް ދާއިރާއިން، ރާއްޖެއިން ބޭރުންގެ މާގހިރުން މިކަމުގައި ބައިވެރިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް