ads
ކަރަން އާއި އޭނާގެ ދަރިފުޅު، އަދި އިޝިތާ--
އިޝިތާ އަދި ރަމަންގެ ދަރިފުޅާ ބައްދަލެއް ނުކުރޭ!
ޔޭ ހޭ މޮހައްބަތެއިން އިން ގިނަ ބައެއްގެ މަގުބޫލު ކަމެއް ހޯދި ރަމަން ބައްލާ، އަސްލު ނަމުން ނަމަ ކަރަން ޕަޓޭލް އާއި އޭނާގެ އަންހެނުން، އަންކިތާ ބަރްގަވާގެ ދަރިފުޅާ އަދި ބައްދަލުނުވާ ކަމަށް ދިވްޔަންކާ ޓްރިޕާތީ ބުނެފި އެވެ.

ޔޭ ހޭ މޮހައްބަތެއިން ގައި ކަރަން، ރަމަން ބައްލާގެ ރޯލުން ފެނިގެންދާއިރު އެ ޝޯގައި އޭނާގެ އަންހެނުންގެ ރޯލުން، ފެނިގެންދަނީ ދިވްޔަންކާ އެވެ. މި ދެމީހުންނަކީ ގާތް ދެ ރަހުމަތްތެރިންގެ ގޮތުގައި ފާހަގަކުރެވޭއިރު ދިވްޔަންކާ މިވަނީ ކަރަންގެ ދަރިފުޅާ އަދި ބައްދަލުނުވާ ކަމަށް ބުނެފަ އެވެ.

ކަރަން އަށް ދަރިއަކު ލިބިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. މެހެރްގެ ނަން ދީފައިވާ މި ކުއްޖާއަށް ވަރަށް ބައްދަލުކޮށްލަން ބޭނުންކަމަށް ދިވްޔަންކާ ބުނެ އެވެ.

ކަރަންގެ އަންހެނުން އަންކިތާއަކީ ޔޭ ހޭ މޮހައްބަތެއިންގައި އިޝިތާގެ ބައްޕަގެ ރޯލުން ފެނިގެންދާ އަބޭ ބަރްގާވާގެ އަސްލު ދަރި އެވެ.

ދިވްޔަންކާ އިތުރަށް ބުނީ، އެ ކުއްޖާ ވިހާފައި ވަނީ އޭނާގެ އުފަން ދުވަހު ކަމަށާއި އަބޭ ވަނީ ކާފަ ދަރި ލިބުނު ދުވަހު އެކަން ހިއްސާކުރަން ގުޅާފައި ކަމަށެވެ. 

މީގެ ތިން އަހަރު ކުރިން 2015 ވަނަ އަހަރު ކަރަން، އަންކިތާ އާއި ކައިވެނިކޮށްފައިވާއިރު ދެމީހުން އެކަކު އަނެކަކަށް ތައާރަފުކޮށްދިނީ ޔޭ ހޭ މޮހައްބަތެއިންގައި ރަމަންގެ ކޮއްކޮގެ ރޯލުން ފެނިގެންދިޔަ ރޯމީ ކަމަށް ރަމަން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް