ads
ތަސްލީމް މުހައްމަދު: އޭނާ ގެއްލުނީ އިއްޔެ ރަހުމަތްތެރިންނާއެކު ފިނޮޅަށް ގޮސް އުޅެނިކޮށް
ތަސްލީމު ހޯދަން ޔެލޯ ނޯޓިސް ނެރުނު ސަބަބު ފުލުހުން ހާމަކޮށްފި
ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިން ނެރުނީ އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަމަށް ގަބޫލު ކުރެވޭތީ ނޫންކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
Advertisement

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްލުވުމެއްގައި ސީއެންއެމް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ފުލުހުން ބުނީ، ތަސްލީމު ގެއްލުނުއިރު އޭނާ އެންމެ ފަހުން ވެސް ހުރީ އެ ފަސްގަނޑުގައި ކަމަށެވެ. 

"އެހެން ނަމަވެސް އެއްވެސް ޕޮސިބިލިޓީއެއް އޮތިއްޔާމު އެކަންކަންތަކަށް ބާރު ދިނުމަށްޓަކައި އަޅުގަނޑުމެންނަށް ނޭގޭ މައުލޫމާތުތަކެއް މިވަގުތު ހުރީމަ ވަގުތުން ވަގުތައްވެސް މިނިސް ޕާސަންއެއްގެ ގޮތަށް އިންޓަޕޯލް ޔެލޯ އެލާޓު ނެރުނީ،" ކަމަށެވެ. އަދި ފުލުހުން ބެލި ބެލުމުން އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވަކަމެއް އެނގިފައިނުވާކަމަށް ވެސް ފުލުުހުން މިއަދު ބުންޏެވެ.

ތަސްލީމު ހޯދުމަށް ތަސްލީމު ހޯދަން އިންޓަޕޯލް ޔެލޯ ނޯޓިސް ނެރުނުކަން ފުލުހުން ހާމަކުރީ މިހަފްތާތެރޭގައެވެ. 

މ. އަސަރީ ހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ދަތުރުގޮސް އުލެނިކޮށް ގެއްލުނީ މިދިޔަ މަހުގެ 30 ވަނަ ދުވައެވެ. ދުވަހުއެެވެ. އޭނާއާ އެކު ދަތުރު ދިޔަ މީހުންނާއި ހަވާލާދީ ފުުލުހުން ބުނީ އެންމެ ފަހުން ތަސްލީމް ފެނިފައި ވަނީ އެ ދުވަހުގެ ހެނދުނު 10-11 އާ ދެމެދު ކަމަށެވެ.  

ތަސްލީމް މުހައްމަދުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފައެވެ. 

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތަސްލީމު އެ ދުވަހު އެ ފަސްގަނޑަށް ދަތުރު ދިޔައީ އެތަނުގައި އޮތް އުފަސްދުވަހުގެ ޕާޓީއަކާއި އެންގޭޖްމަންޓް ޕާޓީއަކަށް ބެކް ޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށްކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ. އަދި މި ދަތުރުގައި  25 މީހުންނާއި ދެ ކުޑަކުދިން ބައިވެރިވިކަމަށެވެ. 

ފުލުހުން ބުނީ ފަސްގަނޑަށް ތަސްލީމު ހިމެނޭ ގްރޫޕް ދަތުރު ދިޔައީ އޮގަސްޓްމަހުގެ 29 ވަނަދުވަހު 17:00 -17:30 ދެމެދުގެ ވަގުތެއްގައިކަމަށާއި އެމީހުން ދިޔައިރު އިތުރު ބަޔަކު އެ ފަސްގަނޑަށް ދަތުރު ގޮސް ތިބިކަމަށެވެ. 

ދަތުރުގެ ބައެއް ބައިވެރިން ނަގާފައިވާ ފޮޓޯތަކުން ދަތުރު ދިޔަ ޖަހާފައި ހުރި ޓެންޓްކައިރީ އެރޭ ދަންވަރު 12 ގެ ފަހުން ތަސްލީމު ނިދާފައި އޮތް މަންޒަރު ފެންނަކަމަށާއި އަދި ޖެހިގެން އައި ދުވަހު ތަސްލީމު ގެއްލުނު ދުވަހު ހެނދުނުގެ ވަގުތުތަކުގައި ވެސް ދަތުރުގެ ބައިވެރިންނާއި އެކު އުޅޭތަން ފެނިފައިވާކަމަށްް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ތަސްލީމު މުހައްމަދާއެކު ދަތުރު ދިޔަ މީހުންނާއި ސުވާލުކުރުމުގެ އިތުރުން އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގްރޫޕެއްގައި ހިމެނޭ 12 މީހުންނާވެސް ތަހުގީގުގައި ސުވާލުކޮށްފައިވައިވާކަމަށްް ފުލުހުން ބުނެއެވެ.

" ތަސްލީމު މުހައްމަދު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި، ތަސްލީމު މުހައްމަދާއި އިތުރު ބަޔަކު ދަތުރު ދިޔުމަށް ބޭނުންކުރި ލޯންޗު ބަލާ ފާސްކޮށްފައިވޭ. މީގެއިތުރުން ތަސްލީމު މުހައްމަދު މާލޭގައި އާއްމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލާފާސްކޮށްފައިވާއިރު ތަސްލީމު މުހައްމަދު ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަށްް ވަނީ އެދިފައި." ފުލުހުން މި ހަފްތާގައި ކުރިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންޓަޕޯލް ޔެލޯ ނޯޓިސް އަކީ ގެއްލޭ މީހުންގެ ހޯދުމަށް އެމީހުންގެ މައުލޫމާތުތައް ހިމެނޭ ނެރޭ ލިޔުމެކެވެ. 

ފުލުހުން ބުނީ ތަސްލީމު ހޯދުމަށް ފުލުހުންގެ ޑައިވިން ޓީމް ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ޑައިވްކޮށް ބަލާފައިވާކަމަށެވެ. އަދި އެމްއެންޑީއެފްގެ ޑައިވިން ޓީމުން 3 ދުވަސް ވަންދެން 943،998 އަކަ މީޓަރު ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް