ads
އައްޑޫ ސިޓީ
30 މިިލިއަން ރުފިޔާގެ ވަގުފް ޕްރޮޖެކްޓެއް އަންނަ އަހަރު އައްޑޫއަށް
30 މިލިއަން ރުފިޔާގެ މަޝްރުއެއްކަމަށްވާ އައްޑޫގެ ވަގުފް ޕްރޮޮޖެކްޓް އަންނަ އަހަރު އައްޑޫގައި ފައްޓަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

އިއްޔެ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ވަގުފް މަޝްރޫއުތައް ގާއިމް ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތަށް ރަށްރަށުން 14 މަޝްރޫއެއް އަދި ސިޓީ ތަކާ އަތޮޅު ތަކުން މު ޅި ޖުމްލަ 10 ޕްރޮޕޯސަލެއް ލިބިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ގޮތުގައި ފާހަގަކުރެވިފައި ވަނީ އައްޑޫ ސިޓީއިން ހުށަހެޅި ޕްރޮޕޯސަލް ކަމަށް ޝަހީމް ފާހަގކުރެއްވިއެވެ. 

your imageއިސްލާމިކް މިނިސްޓަރު ޝަހީމް 

"އެއީ 30 މިިލިއަން ރުފިޔާގެ މަޝްރޫއެއް، 30 މިލިއަން މަޝްރޫއާގެން ކުރިއަށް ދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައި" އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް ވިދާޅުުުވިއެވެ.

މަޝްރޫއަށް ފައިސާ ހޯދުމަށް މިހާރު ވާނީ އައްޑޫ ސިޓީގެ މޭޔަރާ މަޝްވަރާކޮށްފައި ކަމަށް ފާހަގަކޮށް ޝަހީމް ވިދާޅުވީ  އެެއްގޮތަކީ ބޭންކުތެރެއަށް ދިޔުން ކަމަށެވެ. އަދި އަނެއްގޮތަކީ ދޭން ޖެހޭ އިކުއިޓީ އިސްލާމިކް މިނިސްޓްރީގެ ފަންޑުން ދިނުން ނުވަތަ ރާއްޖެއިން ބޭރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްއާއި ވާހަކަދައްކައިގެން އެ ޕްރޮޖެކްޓަށް ފައިސާ ހޯދުން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވިގޮތުގައި އަމާޒަކީ 2025 ވަނަ އަހަރުގެ ކުރީކޮޅު އައްޑޫ ސިޓީގެ ވަގުފް ޕްރޮޖެކްޓް ފެށުން ކަމަށެވެ. އަދި މަަޝްރުއޫ ފެށިގެން އޭގެ ފައިދާ ލިބެން ފެށުމުން އިތުރަށް ދައުލަަތަށް ހަރަދުކުރަން ނުޖެހޭނެ ކަަމަށް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ތެރެއިން ލިބޭ ފައިސާއިން މިސްކިތްތައް މަރާމާތުކުރުމާ ގުރުއާން މުބާރާތްތަކަށް އެހީވުމާ އަދި އެ ނޫނަސް އެކި އެކި ދީނީ ކަންތައް ތަކާ ގުޅޭ ހުރިހާ މަޝްރުއަކަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ވަގުފް ޕްރޮޖެކްޓު ތައް އިތުރުކުރުން ހިމެނޭއިރު އިސްލާމިކް މިނިސްޓްރިން މިވަގުތު ދަނީ ވަރަށް ބޮޑު 2 ވަގުފް މަޝްރޫއެއް މާލޭގެ 2 ސިޓިއެއްގައި ގާއިމްކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އެއް މަޝްރޫއަކީ ހުޅުމާލޭގެ ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް އަނެއް މަޝްރޫއަކީ މާލޭގައި ގާއިމް ކުރާ ދާރުލް އަރުގަމް، މި ދެ މަޝްރުއު ގާއިމްކުރެވިއްޖެ ނަމަ މިހާރު ހުރި ދާރުލް އީމާން ވަގުފް މަޝްރޫއާއެއްކޮށް ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ވެގެން ދާނި ރާއްޖޭގެ އެންމެ މުއްސަނދި ވުޒާރާއަށް" ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ ދައުލަތަށް ބަރޯސާ ނުވެ، މުއްސަނދިތަނަކަށްވެ އިސްލާމި ގޮތުން ފުދުންތެރިތަނަކަށްވެ ދިވެހިރާއްޖޭގެ ދީނި ހިދުމަތަށް ތަނަވަސްކަން ގެނައުން ކަމުގައި ޝަހީމް ފާހަގކުރެއްވިއެވެ. އަދި މިނިސްޓްރީގެ އަމާޒަކީ ދާރުލް އަރްގަމްގެ މަޝްރޫއު މިއަހަރު ނިމުމުގެ ކުރިން ފެށުން ކަމުގައި ފާހަގަކޮށް ޝަހީމް ވިދާޅުވީ އެކަމަށް ވާންޖެހޭ ތައްޔާރީތައް މިވަގުތު ވަމުންދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް