ads
ހދ. ނޭކުރަންދޫ، ސާޒް، އަބްދުﷲ ރިޝީފް
މަކަރާއި ހީލަތުގެ މައްސަލައެއްގައި ނޭކުރަންދޫ މީހަކު ހޯދަނީ
ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ހދ. ނޭކުރަންދޫ މީހަކު ހޯދަން ފުލުހުން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހޯދަމުން އަންނަނީ ހދ. ނޭކުރަންދޫ، ސާޒް، އަބްދުﷲ ރިޝީފްއެވެ. އޭނާ ހޯދަނީ މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އަބްދުﷲ ރިޝީފް އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޭނާގެ އާންމުކޮށް ހޯދަނީ ކަމަށެވެ. 

ފުލުހުން އަބްދުﷲ ރިޝީފަށް އަންގާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގު ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ އިދާރާއަކަށް ހާޒިރުވުމަށެވެ. އަދި ހާޒިރުވުމުން ސާޖަންޓް އާދަމް ޙަލީމްއާ ބައްދަލުކުރުމަށް އަންގާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް