ads
ބީއެމްއެލްގެ ބޯޑު މެމްބަރުން
ބޭންކުގެ "މާލީ ބަޣާވާތް"، އެކަކާވެސް ސުވާލެއް ނުކުރަން : ފުލުހުން
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުތަކަށް ދޫކުރާ ޑޮަލަރު ލިމިޓްކުރަން ނިންމި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކާއި ސުވާލެއް ކޮށްފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

25 އޮގަސްޓް 2024 ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން ހިންގި "ބަޣާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ޕީއެންސީ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ "ބަޣާވާތެއް" ފެއިލްވެފައިވާ ކަމަށެވެ. 

ރައީސްގެ މި ވާހަތަކާއި އެކު ބޭންކުގެ އެ ނިންމުމަކީ ގާނޫނީ ސަރުކާރެއް ގައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތްކަމަށް ބުނެ އެ މައްސަލަ ބަލަން ފެށިކަން ފުލުހުން އިިއުލާންކުރިއެވެ. 

މި މައްސަލާގެ ތަހުގީގު ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލުކުރުން ފުލުހުން ބުނީ އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކާއި ސުވާލުކޮށްފައި ނުވާކަމަށެވެ. ފުލުހުން ބުނީ އަދިވެސް ކުރަނީ މައުލޫމާތު އެއްކުރުމުގެ މަސައްކަތްތަކަމަށެވެ. 

" މައްސަލައިގެ ތަހުގީގުގައި މިހާތަނަށް އެއްވެސް ފަރާތަކާ ސުވާލެއް ނުކުރަން. ބައެއް މައުލޫމާތުތައް ހޯދައި އެއްކޮށް ކްރިމިނަލް ޕްރޮސީޑިންއެއް ގެންދެވޭނެ މިންވަރަށް އެކަންކަން ފުރިހަމަވޭތޯ ބަލަމުންދަނީ. މިހާތަނަށް އެއްވެސް ފަރާތަކާއި ތަހުގީގުގައި ސުވާލުކޮށް ބަޔާން ނަގާފައި ނުވާނެ." ފުލުހުން ބުންޏެވެ.

ބީއެމްއެލް މައްސަލަ ބަލާކަން އަންގާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް