ads
ހޮޅުދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ
ޒަކިއްޔާގެ އޮޓޯޕްސީ ނުހެދި ސަބަބު ފުލުުހުން ކިޔައިދީފި
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ ޕޯސްޓް މޯޓަމް ނަހަދާ އަނެއްކާވެސް އެރަށަށް ފޮނުވާލާފައިވާ ސަބަބު ފުލުހުން މިއަދު ހާމަކޮށްފިއެވެ.
Advertisement

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ނައްދަލުވުމެއްގައި ބުނީ އޮޓޯޕްސީ ނުހެދުމުން މީޑިއާއާއި އާންމުނެގް ފާޑުކިއުން އަމާޒުވެފައިވާކަމަށެވެ. އެހެން ކަމުން އެކަން ސާފުކޮށްދޭން ބޭނުންވާކަމަށެވެ. 

"ރާއްޖޭން ބޭރަށް ގެންގޮސްގެން އޮޓޯޕްސީއަކަށް ފުލުހުން ނުދިޔައީ ފުލުހުންގެ ތަހުގީގަށް ހަށިގަނޑުން ނަގަންޖެހޭ ސާމްޕަލްތަކާ އަދި ސްޕެޝަލިސްޓު ޑޮކްޓަރުންގެ ފަރާތުން އަޅުގަނޑުމެން ހޯޑަން ބޭނުންވި ރައުޔުތައް ހޯދުމަށްފަހު އޮޓޯޕްސީ ހަދަންޖެހޭ އިތުރު ސަބަބެއް އޮތްކަމަށް ނުފެންނާތީ،" ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަގުގީ ޓީމު އަދިވެސް ހޮޅުދޫގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނައީ މި މަހުގެ 10 ވަނަ ދުވަހުއެވެ. 

ފުލުހުން ބުނީ ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނެސް ތަހުގީގަށް ބޭނުންވާ ބައެއް ތަހުލީލުތައް ކުރުމަށްފަހު އަނބުރރާ އޭގެ ދެ ދުވަސް ފަހުން، އެރަށަށްް ފޮނުވާފައިވާކަމަށެވެ. 

ޒަކިއްޔާ މޫސާގެ ގޭގައި ހުންނަ ގުދަނެއް ކައިރީ އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގެއިން ކުނި ނަގަން ވަން ބިދޭސީންގެ ބަޔަކަށެވެ. ޒަކިއްޔާ ފެނުނުއިރު އޮތީ ކަރުގައި ވަޅި އަޅާފައިކަމަށާއި އޭނާ ކައިރީ ބޮޑު ވަޅިއެއް އޮތްކަމަަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ. 

މި މަރުގެ ތަހުގީގަށް ފުލުހުންގެ ފްރެންސިކް ޓީމެއް ހޮޅުދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

ޒަކިއްޔާ މަރުވި އިރު ފިރިއަކާއި ދެ ކުދިންގެ އިތުރުން މާމަ ދަރިން ވެސް އެބަ ތިއްބެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް