ads
އެކި ގައުމުތަކަށްް ޑުރަގު އުފުލާ މެލޭޝިޔާ ދެމީހުން
އެކި ގައުމަތަކަށް ޑުރަގު އުފުލާ ދެމީހުން ހިފީ ރާއްޖެއިން
މިއަހަރުގެ ޖުލައިމަހު ރާއްޖެއަށް ޑްރަގު އެތެރެކުރަނިކޮށް ހައްޔަރުކުރި ދެމީހުންނަކީ ދުނިޔޭގެ އެކި ގައުމުތަކަށް ޑުރަގު ގެންގޮސްދިނުމުގައި އިސްކޮށް އުޅޭ ދެމީހުންކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މެލޭޝިޔާގެ ދެ ރައްޔިތެކެވެ. ފުލުހުން ބުނީ މި ދެމީހުންނަކީ ދުނިޔޭގެ އެކި ގައުމުތަކަށް ޑުރަގު ގެންގޮސްދިނުމުގައި އިސްކޮށް އުޅޭ ދެމީހުންކަމަށާއި އެމީހުން ރާއްޖެއަށް އެތަކެތި ގެނައީ ރާއްޖެ މަގުން އިނގިރޭސިވިލާތަށް ގެންދިޔުމަށްކަމަށެވެ. 

ފުލުހުން ބުނީ ރާއްޖެއަށް ޑްރަގު އެތެރެކުރީ އެން ޖީ ތަމް ލިޕް ނަމަކަށް ކިޔާ 44 އަހަރުގެ މެލޭޝިޔާ މީހެއްކަމަށެވެ. އަދި އެމީހާ އެތެރެކުރި ޑުރަގާއި ހަވާލުވާން އައީވެސް ކޯ ޚުއާން ބޫން ކިޔާ އުމުރުން 41 އަހަރުގެ މެލޭ ރައްޔިތެއްކަމަށެވެ. 

ޑްރަގާއި ހަވާލުވާން އައި މީހާ ރާއްޖެ އެތެރެވެފައިވަނީ އޭގެ ދެ ދުވަސްކުރިން ކަމަށާއި މި ދެ މީހުން ރާއްޖޭގައި މަޑުކުރަން ރިޒަވޭޝަން ހައްދާފައި ވަނީ އެއް ހޮޓަލެއްގައިކަމަށްވެސް ފުލުހުން ބުނެއެވެ. 

" މި ކޭސްގައި މަސްތުވާތަކެތީގެ ބަރުދަނުގައި 13.5 ކިލޯގެ ކެނަބިސް ހުރިކަން ފާހަގަކޮށްލަން، މި މައްސަލައިގައި ތަހުގީގުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ މި ދެ މީހުންނަކީ ވެސް ހާއްސަކޮށް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ބަޔެއްކަން" ފުލުހުން ބުނެއެވެ.

މި ދެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރީ އެތަކެތި އިނގިރޭސިވިލާތައް ގެންދިޔުމަށް ޕެކިން ބަދަލުކުރުމަށްކަމަށް ފުލުހުން ބުނެއެވެ. އަދި މީ ވަރަށް ގިނަ މީހުން ވަޓްސް އަޕުން ވާހަކަދައްކައިގެން އޮޕަރޭޓް ކުރާ ނެޓްވޯކެއްކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންކަމުން މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ އެހެން ގައުމަތަކާއި ވާހަކަ ދައްކާ އިންޓަޕޯލާއިވެސް ގުޅިގެންކަންވެސް ފުލުހުން ފާހަގަކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް