ads
ކުނި މެނޭޖްކުރާ ތަކެތި ކައުންސިލްތަކާއި ހަވާލުކުރުން. ފޮޓޯ: ޕީއެސްއެމް
ކުނިމެނޭޖްކުރަން ބޭނުންކުރާ ވަސީލަތްތައް 20 ރަށަކަށް
ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް 20 ރަށެއްގެ ކައުންސިލާ ހަވާލުކޮށްފިއެވެ.
Advertisement

މި ތަކެތި ރަށު ކައުންސިލްތަކާ ހަވާލުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓްރަރު އިބްރާހިމް ތާރިގްއެވެ.

މީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހަވާލުކުރި ތަކެތިކަމަށް އެމްވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.  

ކުނި މެނޭޖުކުރުމުގައި ބޭނުންކުރާ އުޅަނދުތަކާއި އާލާތްތައް ހަވާލުކޮށްފައިވަނީ  އއ، އދ، ވ، އަދި ކ އަތޮލޫގެ ރަށްތަކަށެވެ. 

އެ ރަށްތަކަށް ހަވާލުކުރި ތަކެތީގެ ތެރެގައި ހިމެނެނީ ޑަސްބިނާ، ކުނި ޑަމްޕްޓްރަކާ، ރައްކާތެރި ގޮތުގައި ކުނި ގުދަންކުރުމަށް ބޭނުންކުރާ ބޭލާ މެޝިނެވެ. ކުނި ޓްރަކް ހަވާލުކުރީ 18 ރަށަކަށެވެ. ބޭލާ މެޝިން ހަވާލުކުރީ 15 ރަށަކަށެވެ. 20 ރަސް ޖުމްލަކޮށް ހިމެނޭ ހެން 500 ވުރެެ ގިނަ ޑަސްބިން ވަނީ ހަވާލުކޮށްފައެވެ.

މި ަކެތި ރަށްތަކާއި ހަވާލުކުރުމަށް ބޭއްވި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލްގެ އިތުރުން މަޖިލިސް ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް