ads
ޑްރަގް ކޯޓު - ފޮޓޯ: ރައީސް އޮފީސް
ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރި: 19 އަހަރުގެ ޒުވާނަކު ހައްޔަރަށް
ފުޅާ ދާއިރާއެއްގައި، ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 19 އަހަރުގެ ދިވެހި ފިރިހެނަކު ދިވެހި ފުލުހުން ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ބުދަ ދުވަހު ނެރުނު އަމުރެއްގައި، އޭނާގެ ބަންދަށް 15 ދުވަހުގެ މުހުލަތެއް ދީފައިވެއެވެ.

ކޯޓުން އާންމުކޮށްފައިވާ އަމުރުގައި ބުނީ، މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުގެ ނިސްބަތަށް ބަލާއިރު، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ފުލުހުންގެ ބަޔާންތައް، އިންޓެލިޖެންސް ރިޕޯޓު، ފޮޓޯ ރިޕޯޓު، ފެނުނު ތަކެތީގެ ރިޕޯޓު، ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓު އަދި ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭންކް ސްޓޭޓްމަންޓް ހިމެނެއެވެ.

ތުހުމަތުކުރެވޭ ފަރާތުގެ ދިފާއުގައި ބުނެފައިވަނީ، އޭނާގެ ގޭގައި ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި، އޭނާއަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަމަށެވެ. ނަމަވެސް، މައްސަލަ ތަހުގީގުކުރި އޮފިސަރު ބުނެފައިވަނީ އޭނާ މި ވިޔަފާރީގައި ކުޑަކުދިން ބޭނުންކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، އޭނާ ހައްޔަރުކުރެވުނު ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، އޭގެ ވިޔަފާރިއަށް ބޭނުންކުރާ އާލާތްތައް ފެނިފައިވެއެވެ. އަދި މި ޖަރީމާގައި އިތުރު ފަރާތެއްގެ ބައިވެރިވުން އޮތް ކަމަށާއި، އެ ފަރާތަށް ތުހުމަތުކުރެވޭ ފަރާތުން ފައިސާ ފޮނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޯޓުން ނިންމާފައިވަނީ، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް