ads
އޮފީސް ޓްލެޑްރާމާ މުބާރާތުގެ 1445 ގެ އެންމެ މޮޅު އެކްޓަރު (އަންހެން): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ) އެވޯޑާ ހަވާލުވަނީ
އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެއްވަނަ އެމްއެންޔޫއަށް
އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެންމެ މޮޅު ޑްރަމާގެ އެވޯޑާއި އެކު ގިނަ އެވޯޑްތަކެއް ގައުމީ ޔުނިވާސިޓީން އުފުލާލައިފި އެވެ.
Advertisement

މި މުބާރާތުގައި އެމްއެންޔޫ އިން ގެނެސްދިން ޑްރާމާއަކީ "މަނާލް"އެވެ. މި ޑްރާމާ ވަނީ މުބާރާތުގެ އެންމެ މޮޅު ޑްރާމާ އެވޯޑާއި އެންމެ މޮޅު އެކްޓްރެސް އެވޯޑާއި އެންމެ މޮޅު ސަޕޯޓިން އެކްޓަރެސް އެވޯޑާއި އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑްވެސް އުފުލާފައެވެ. 

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެވޯޑު ލިބުން ފަރާތްތައް:

  • އެންމެ މޮޅު އެކްޓަރ (އަންހެން): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު އެކްޓަރ (ފިރިހެން): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރ (އަންހެން): އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ސަޕޯޓިން އެކްޓަރ (ފިރިހެން): މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސާވިސް)
  • އެންމެ މޮޅު ޑިރެކްޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ސްކްރީންޕްލޭ: މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ސިނަމެޓޮގްރާފަރ: (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު އެޑިޓަރ: މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު ޑްރާމާ (ވިއުވާސް ޗޮއިސް): ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން)
  • އެންމެ މޮޅު އެކްޓަރ އަންހެން ( ވިއުވާސް ޗޮއިސް): ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)
  • އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވާސް ޗޮއިސް): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް)
  • އެންމެ މޮޅު ޑްރާމާ: މަނާލް/ އެމްއެންޔޫ

your imageއޮފީސް ޓްލެޑްރާމާ މުބާރާތުގެ 1445 ގެ އެންމެ މޮޅު އެކްޓަރު (ފިރިހެން): އަބްދުﷲ ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސާވިސް) އެވޯޑާ ހަވާލުވަނީ 

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ އެންސީއޭގެ އޮފީސް ޓެލްޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާކަމަށެވެ.

އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލުތަކަށް ބަދަލުގެންނަން ޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޑްރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އޮފީސްތަކުގެ ޓެލެޑްރާމާގެ ސަބަބުން ގިނަ ފަންނާނުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އެފަރާތްތަކަށް އިންޑަސްޓްރީއިން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް