ads
ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެރަށު ޑޭޒީފެހި އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން
ފަޅުތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާ ޕޯސްޓްމޯޓަމަށް ފަހު މިރޭ ވަޅުލަނީ
ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު ވަޅުލަން ނިންމައިފިއެވެ.
Advertisement

މިމަހުގެ 11 ވަނަދުވަހުގެ ހެނދުނު ކުޅުދުއްފުށީ އުތުރު ބަނދަރުގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އެރަށު ޑޭޒީފެހި އުމުރުން 36 އަހަރުގެ މުހައްމަދު ހަސަންއެވެ. 


މުހައްމަދު ހަސަން މަރުވި ސަބަބު ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ފުރުވާލީ މިމަހުގެ 14 ވަނަދުވަހުއެވެ. 

ޕޯސްޓްމޯޓަމް ނިންމުމަށްފަހު މުހައްމަދު ހަސަންގެ ހަށިގަނޑު މިއަދު ވަޅުލުމަށް ވަނީ ނިންމާފައެވެ. ޖަނާޒާގެ ކަންކަން އޮތީ އަސުރު ނަމާދަށްް ފަހު ހުޅުމާލޭ ސަހަރާގައެވެ.

ފުލުހުން ބުނީ މުހައްމަދު ހަސަން ފަޅުތެރެއިން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ. ހަސަން މުހައްމަދުގެ މަރާއި ގުޅިގެން ތަހުގީގު ކުރިއަށްދާއިރު ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް