ads
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.
އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ގާއިމުކުރަނީ
ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް ތަރައްޤީކުރުމަށް އެމްޕ.އެލުން ނިންމާ އެކަމުގެ އެއްބަސްވުމުގައި އިހަވަންދޫ ކައުންސިލާއެކު ދެމެދު ސޮއިކޮށްފިއެވެ.
Advertisement

އިހަވަންދޫގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވަޖީހް ވިދާޅުވީ އިހަވަންދޫގައި ތަރައްޤީކުރާ ޑޮކްޔާޑާއި ސްލިޕްވޭއަކީ އުތުރުގައި ދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މުހިންމު ބައެއް ކަމެކެވެ. އަދި ލަސްތަކެއް ނުވެ ޑޮކްޔާޑާއި ސްލިޕްވޭގެ އަމަލީ މަސައްކަތް ފަށާނެކަމަށްވެސް ވަޖީހް ވިދާޅުވިއެވެ. 

ވަޖީހް ވިދާޅުވީ އުތުރުގައި މެރިޓައިމްގެ ހިދުމަތްތައް އަދި ފުރިހަމަ ނުވިނަމަވެސް އެކަން ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

" މިފަދަ ކަމެއް ފަށާއިރު ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ. ފަށާއިރު ހުންނާނެ މައްސަލަތައް. އެކަމަކު ރާއްޖެ މިއޮތް ޖިއޮގްރަފިކަލް ލޮކޭޝަންއިން އަޅުގަނޑުމެންނަށް މިކަމުގެ ފައިދާނެގޭނެ. މިއަދަކު، މާދަމާ ނުވިޔަސް، މިކަމުން ފައިދާ ލިބޭނެ،" ވަޖީހް ވިދާޅުވިއެވެ.

އުތުރުގައި ފެށި ބަންކަރިންގެ ހިދުމަތުގައި ތެޔޮ އެޅުން ފިޔަވާ ބޯޓްތަކަށް ދޭންޖެހޭ އެހެން ހުރިހާ ހިދުމަތްތައް ދޭނީ އެމްޕީއެލުންނެވެ. އެކުންފުނިން އިއްޔެ ވަނީ ބަންކަރިންނަށް ބޭނުންވާ ފެން ބާޖު ތުރާކުނުގައި ބޭއްވުމަށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް