 
                                                                                                
                    ޗެމްޕިއަންސް ލީގުގެ ގަދަބާރު، ބާސެލޯނާ މޮނާކޯ އަތުން ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި ބާސެލޯނާކޮޅަށް އެއް ލަނޑު ޖެހީ ނައިޖީރިއާގެ ޒުވާން ފޯވާޑް ޖޯޖް އިލެނިކޭނާއެވެ. އޭނާގެ އުމުރަކީ 18 އަހަރެވެ.
މޮނާކޯގައި ކުޅުނު މި މެޗުގައި ބާސެލޯނާއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ ކުރީކޮޅު އޓީމުގެ އެރިކް ގާސިއާއަށް ދެއްކި ރަތް ކާޑާއެކު އެއް ކުޅުންތެރިޔަކު މަދުވުމުންނެވެ. މި މެޗުގައި ބާސާގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ވަނީ އޭނާގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލަނޑު ޖަހާފައެވެ.
މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެފައިވާއިރު, ތަފާތު ފޯމެޓަކަށް ކުރިއަށްގެންދާ މި މުބާރާތުގައި ކުރިއަށް ދިއުމަށް މިއީ މޮނާކޯއަށް ވަރަށް ރަނގަޅު ފެށުމެކެވެ.