އަލް ޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގައި މީހުން ދިރިއުޅޭ ސަރަހައްދަށް އަމާޒުކޮށް އިޒްރޭލުން ދަނީ ވައިގެ މަގުން ގިނަ ހަމަލާތަކެއް ދެމުނެނެވެ. އިސްރާއީލުން ބެއިރޫތައް ވައިގެ މަގުން ހަމަލާތައް ދެމުން ދަނީ އެފް-35 ޖެޓުތައް ބޭނުންކޮށްގެންނެވެ.
ޔަހޫދީންގެ ހަމާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އެންމެ ފަހުގެ ތަފްސީލްތައް ހާމަކޮށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެއިރޫތުގެ ދެކުނުގައި މިހާތަނަށް އަށް މީހަކު ޝަހީދުވެފައިވާކަކަމަށާއި އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭކަމަށެވެ.
މީގެ އިތުރުން ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
ލުބުނާން އާއި ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ އިއުލާނުކޮށް، ޔަހޫދީން ދަަނީ ހާއްސަ އޮޕަރޭސަނެއް ކަަމަށް ބުނެ، ލުބުނާގެ ބެއިރޫތައް ވައިގެން މަގުން ގިނަ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޔަހޫދީން ލުބުނާނާއި ދެކޮޅަށް ވައިގެ މަގުން ވަރުގަދަ މިލިޓަރީ އޮޕަރޭސަނެއް ފަށާފައި މިވަނީ ލުބުނާނުގައި ދެ ދުވަހެއްގެ ތެރޭގައި ހިނގި ގޮވުންތަކާއި ގުޅިގެން އެ ގައުމުގެ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.