ads
ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދަނީ
ނިޒާމުތައް ތަންފީޒުކުރުމުން ކޯޓާފީ ދެއްކިވަރު ބޮޑުތަނުން އިތުރު
ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާތީ ދޫކޮށްލާފައި ތް ނިޒާމު ތަންފީޒުކުރަން ފެށުމުން ބިދޭސީންގެ ކޯޓާ ފީ ދެއްކި އަދަދު ބޮޑު ތަނުން އިތުރުވެއްޖެއެވެ.
Advertisement

ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން  ގެންނަ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ހުރި އަދަދުތައް 1.7 ބިލިއަަށް އަރާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި އެއާއި އެކު 100،000 ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކުންފުނިތަކުގެ ނަންތައް ހާމަކޮށް އެ ފައިސާ ދައްކަން ވަގުތު ފައިސާ ނުދައްކާނަމަ އެެ ފަރާތްތަކަށް ހިދުމަތް ނުދެނެކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ވަނީ ދީފައެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް ކޯޓާ ފީގެ ގޮތުގައި 232 މިލިއަން ރުފިޔާވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު މި އަދަދު ހުރީ 104 މިލިއަންގައެވެ. މީގެ އިތުރުން މިދިޔަ މަހު ކޯޓާގެ ފީގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބިފައިވާކަން ޓެކްސް އޮތޯރިޓީގެ ހިސާބުތަކުންވެސް ދައްކައެވެ. 

ބިދޭސީންގެ ފީތައް ނުދައްކައިގެން ދާހިލީ ވުޒާރާއިން އާއްމުކުރި ލިސްޓުގައި ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏެއްގެ ނަން އޮތެވެ. އޭގެތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތައްވެސް ހިމެނެ އެވެ.

މީގެތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ އަދަދު އެއް މިލިއަނަށް ވުރެ ގިނައިރު, ބައެއް ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ އަދަދު އުޅެނީ 26 މިލިއަނަށް ވުރެ މަތީގައެވެ.

މި ލިސްޓު އާއްމުކުރުމުން 20 ކުންފުންޏަކުން ވަނީ ފައިސާ ދައްކާފައެވެ. އެ ކުންފުނިތަކުން ފައިސާ ދެއްކުމުން 182 މިލިއަން ރުފިޔާ ލިބިފައިވާކަން ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް