ads
އައްޑޫގައި ކުރިން ހިނގި މާރާމާރީއެއްގެ ފޮޓޯ
މޫނު ނިވާކޮށް ހިންގި މާރާމާރީގައި އަދި އެއްވެސް މީހެއް ހައްޔަރުނުކުރޭ: ޕޮލިސް
އައްޑޫ ސިޓީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ހިންގި މާރާމާރީގައި އަދި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

މޫނު ނިވާކޮށްގެން ތިބި ބަޔަކު ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ގެއަކަށް ވަދެ މާރާ މާރީއެއް ވަނީ ހިންގާފައެވެ.

މި މާރާމާރީ ހިންގާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ގެއަކަށް ވަދެކަމަށްވާއިރު މާރާމާރީގައި އަނިޔާވި މީހަކީ އެރަށުގައި ވެމްކޯގައި މަސައްކަތް ކުރާމީހެއްކަމަށް އޭނާގެ ފޮޓޯތައް ދައުރުކުރާ މީހުން ބުނެއެވެ. އަދި ފުލުހުން ވަނީ އެއީ ދިވެހި ފިރިހެނެެއްކަމަށް ވެސް ހާމަކޮށްފައެވެ.

ފުލުހުން މައުލޫމާތުދޭގޮތުގައި އައްޑޫ ސިޓީ ހިތަދޫގައި މީހަކަަށް އަނިޔާކޮށްފައިވާކަމަށް ރިޕޯޓްކުރީ އިއްޔެ ހެނދުނުގެ ވަގުތެއްގައިކަމަށާއި އަނިޔާވިމީހާއަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލްގައި  ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. 

މި މައްސަލާއަާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، ފުލުނުން ގެންދަނީ މިމައްސަލަ ތަހުގީކުރަމުންނެވެ. 

އަނިޔާވި މީހާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމު ކުރި މީހަކު ބުނީ ފޭރުމާއި ރަހީނުކުރުން މިހާރު ދިވެހިރާއްޖޭގައި "ފެޝަނަކަށް" ވެފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް