ads
ޕާކިސްތާނު ކުޅުންތެރިއަކު ލަނޑު ޖެހުމަށް ފަހު
ނޭޕާލް ބަލިކޮށް ޕާކިސްތާނަށް އުއްމީދީ ފެށުމެއް
ސާފް 17 އަހަރުން ދަށުގެ މުބާރާތުގައި ޕާކިސްތާނުން ނޭޕާލް ބަލިކޮށް އުއްމީދީ ފެށުމަކުން މުބާރާތް ފަށައިފިއެވެ.
Advertisement

ބޫޓާންގައި ކުރިއަށްދާ މި މުބާރާތުގައި ޕާކިސްތާނުން މިއަދު ނޭޕާލް ބަލިކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. ޕާކިސްތާނު ގްރޫޕުގައި ދެން ހިމެނެނީ ލަންކާއާ ބޫޓާންއެވެ. ބޫޓާނާ ލަންކާގެ މެޗެއްވެސް މިއަދު އޮންނާނެއެވެ. 

ނޭޕާލް - ޕާކިސްތާނު މެޗަށް ފަހު ވާހަކަ ދައްކަމުން ޕާކިސްތާނު ކޯޗު ބުނީ މޮޅަކީ އުނދަގޫ މޮޅެއް ކަމަށެވެ. ނޭޕާލްގެ ކުޅުން ޕާކިސްތާނު ކޯޗުވަނީ ފާހަގަކޮށްފައެވެ. 

މި މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ ފުރަތަމަ މެޗުގައި އިއްޔެ އިންޑިޔާއިންވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ. ބަންގްލަދޭޝް ދެން ކުޅޭނީ ރާއްޖެއާއެވެ. ސާފް 17 އަހަރުން ދަށުގެ މުބާރާރުގައި ވާދަކުރާ ދިވެހި ޓީމާމެދު ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ނެރެން ބޭނުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމްވަނީ ބުނެފައެވެ. ކޯޗު ބުނީ، ދިވެހި ޓީމު އޮތީ މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.  

ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތުގެ އެއް ގްރޫޕުގައި ރާއްޖެ، އިންޑިޔާ އަދި ބަންގްލަދޭޝް ހިމެނޭއިރު، އަނެއް ގްރޫޕުގައި ހިމެނެނީ ނޭޕާލް، ބޫޓާން އަދި ޕާކިސްތާނާއި ސްރީ ލަންކާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް