ads
ފޮޓޯ: ޕިންކް ވިލާ
ކަރީނާއަށް، އަކްޝޭގެ ހާއްސަ މެސެޖެއް
ބޮލީވުޑްގެ މަސްހޫރު ތަރި، އަކްސޭ ކުމާރު، ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފިއެވެ.
Advertisement

1980 ވަނަ އަހަރު އުފަންވި ކަރީނާ ކަޕޫރަށް މިއަދު 44 އަހަރު ފުރުނުއިރު، އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި ބޮޑު ޕާޓީއެއްވެސް ވަނީ ބާއްވާފައެވެ. މި ޕާޓީގައި ބޮޑަށް ބައިވެރިވީ ހާން އާއިލާގެ މެމްބަރުންނެވެ.

އިންސްޓަގްރާމުގައި ޕާޓީގެ ބައެއް ފޮޓޯތައް ހިއްސާކޮށް ކުރި ޕޯސްޓެއްގައި އަކްސޭ ކުމާރު ބުނެފައިވަނީ " އޮންލީ ގުޑް ނިއުސް، އެންޑް ގްރީޓް ލާފްސް ވިތް ޔޫ. ހެޕީ ބަރތްޑޭ ބެބޯ. ވިސިން ޔޫ ދި ބެސްޓް އޯލްވޭސް" މިހެންނެވެ.

އަކްސޭގެ އިތުރުން، ބޮލީވުޑްގެ މަސްހޫރު ގިނަ ތަރިން ވަނީ ކަރީނާގެ އުފަންދުވަހުގެ ތަހުނިޔާ އިންސްޓަގްރާމް މެދުވެރިކޮށް ފޮނުވާފައެވެ. ކަރީނާއަށް އުފަންދުވަހުގެ ތަހުނިޔާގެ މެސެޖު ފޮނުވި ބައެއް ތަރިންގެ ތެރޭގައި ރިތިކް ރޯސަން، ސައިފް އަލީ ހާން، އަނިލް ކަޕޫރު ފަދަ ތަރިން ހިމެނެއެވެ.

އަކްސޭ އާއި ކަރީނާ ވަނީ އެކުގައި ކާމިޔާބު ގިނަ ފިލްމުތަކެއްގައި ވެސް ހަރަކާތްތެރިވެފައެވެ. އޭގެ ތޭގައި، ތަލާސް، އެއިތްރާޒް ، ބޭވަފާ ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.

your imageއަކްސޭ ކުމާރު، ފޮނުވި ކަރީނާގެ އުފަންދުވަހުގެ މެސެޖް/ފޮޓޯ:އިންޑިއާ ޓައިމްސް

2000 ވަނަ އަހަރު "ރެފިއުޖީ" އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ކަރީނާ އަކީ މިހާރު އެ އިންޑަސްޓްރީގެ ސުޕަ ސްޓާރެކެވެ. ކަރީނާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުނު އިރު، އޭނާ ވަނީ 70 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް