ads
ފޮޓޯ: ދިވެހި ބަހުގެ އެކެޑަމީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ބަހުގެ ތިން މުބާރާތް ފަށައިފި
ދިވެހި ބަހުގެ އެކެޑަމީން މިއަހަރު ބާއްވާ ގައުމީ ތިން މުބާރާތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފަށައިފިއެވެ.
Advertisement

މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ، މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ 36ވަނަ ގައުމީ މުބާރާތާއި، ޅެންހެދުމުގެ 27ވަނަ ގައުމީ މުބާރާތެވެ.

މުބާރާތްތައް ކުރިއަށްދަނީ ދުވާލުގެ އެކި ވަގުތުތަކުގައެވެ. މަޒުމޫނު ލިޔުމުގެ މުބާރާތް ހެނދުނު 8:00 އިން 11:00 އަށް ކުރިއަށް ގެންގޮސްފައިވާއިރު، ކުރު ވާހަކަ ލިޔުމުގެ މުބާރާތް 13:00 އިން 16:00 އަށް ކުރިއަށްދާނެއެވެ. ޅެން ހެދުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 18:00 އިން 21:00 އަށެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނެފައިވަނީ މަޒުމޫނާއި ކުރު ވާހަކަ ލިޔުމުގެ މުބާރާތުގައި 800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި ޅެން ހެދުމުގެ މުބާރާތުގައި 400 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މުބާރާތްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން، އެންމެ އަތޮޅަކު ފިޔަވައި ބައިވެރިވެފައިވެއެވެ. ޖުމްލަ 104 ސްކޫލަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އަތޮޅުތަކުގެ 82 ސްކޫލަކާއި މާލޭ ސަރަހައްދުގެ 22 ސްކޫލް ހިމެނެއެވެ.

މުޅި ރާއްޖޭގައި މި މުބާރާތްތައް ކުރިއަށްގެންދަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއެކުގައެވެ.

މި އަހަރުގެ މުބާރާތްތަކުގައި ޖުމްލަ 2,423 ބައިވެރިން ވާދަކުރަމުންދާއިރު، މީގެ ތެރޭގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނެއެވެ. މުބާރާތްތަކުގެ ވަގުތުގައި ދަރިވަރުންނަށް ނަމާދުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށާއި، ބޭނުންވެއްޖެ ހިނދެއްގައި އެހެން މީހުންނާ މުއާމަލާތު ނުކުރެވޭ ގޮތަށް ހޯލުން ނުކުމެ އުޅުމުގެ ފުރުސަތު ލިބިދެވޭނެ ކަމަށް އެކެޑަމީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް