ads
އަންހެން ޓީމު ކޮޅަށް އިންޑިޔާއިން 14 ލަނޑު ޖަހައިފި
އަންހެން ޓީމު ކޮޅަށް އިންޑިޔާއިން 14 ލަނޑު ޖަހައިފި
ރާއްޖެއާއި އިންޑިޔާގެ އަންހެން ފުޓްބޯޅަ ޓީމުން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުން، 14 ލަނޑު 0 ލަނޑުން ރާއްޖެ ބަލިވެއްޖެއެވެ.
Advertisement

ފީފާ އިންޓަނޭޝަނަލް އެކުވެރިކަމުގެ މެޗެއްގައި މިއަދު އިންޑިއާ އަތުން ރާއްޖެ ބަލިވިއިރު، މިހާ ފަރަގު ބޮޑު ނަތީޖާއަކުން އިންޑިއާ އަތުން ރާއްޖެ ބަލިވި މިއީ ދެ ވަނަ ފަހަރެވެ. 

މި ދެ ޓީމު އެންމެ ފުރަތަމަ މީގެ 10 އަހަރު ކުރިން، 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 15-0 އިންނެވެ.

ރާއްޖެ އާއި އިންޑިއާ އިން ދެ އަހަރު ފަހުން، ބައިނަލްއަގުވާމީ ކުރިމަތިލުމަކަށް ނުކުތް މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ވަނީ އަށް ގޯލު ޖަހައިފަ އެވެ. ބާކީ ގޯލުތައް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

ރާއްޖޭގައި 2014 ވަނަ އަހަރުން ފެށިގެން، މިވީ 10 އަހަރު އަންހެން ފުޓްބޯޅައިގެ ރަސްމީ މުބާރާތެއް ނެތްއިރު، އިންޑިއާ އިން މިއަދުގެ މެޗަށް ނުކުތީ މި އަހަރު އެ ގައުމުގައި ބޭއްވި ޑޮމެސްޓިކް މުބާރާތްތަކުގައި ރަނގަޅަށް ކުޅުނު ހުރިހާ ކުޅުންތެރިން ހިމެނައިގެންނެވެ.

އިންޑިއާ އާއި ރާއްޖެ ދެން ކުޅޭ މެޗު އޮތީ، އަންނަ ބުރާސްފަތި ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް