ads
ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަދި ނައިބު ރައީސް ހުސައިން މުހައްމަދުު
އދގެ އާންމު މަޖިލީހުގައި ރައީސް މުޢިއްޒު ތަގުރީރުކުރައްވަނީ އަންގާރަ ދުވަހު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.
Advertisement

.މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ އަންގާރަ ދުވަހުއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ނިއުޔޯކަށް ވަޑައިގަތުމުން، ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައިހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުހައްމަދެވެ.

މި ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު "ސަމިޓް އޮފް ދަ ފިއުޗަރ" ގައި ބައިވެރިވެވަޑައިގަންނަވާ، އެ ސަމިޓުގެ މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދައުލަތްތަކާއި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ބައިލެޓްރަލް އަދި މަލްޓިލެޓްރަލް މަޝްވަރާތައް ކުރިއަށްގެންދެވުމަށްވެސް ވަނީ ރޭވިފައެވެ.

މިއީ ރައީސް މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ހުޅުވާލާފައިވާ ބަހުސްގައި ތަގުރީރުކުރައްވާނެއެވެ. މިއީ ރާއްޖޭގެ ރައީސަކު އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ތަގުރީރުކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ކުރިމަގާއި ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ތިމާވެށީގެ މައްސަލަތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ހިއްސާކޮށް، ބައިނަލްއަގުވާމީ އެހީތެރިކަން ހޯއްދެވުމަށް މަސައްކަތްކުރެއްވުން ކަމަށެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ އާދީއްތަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް