ads
ފޮޓޯ:ހެލްތު މިނިސްޓްރީ
މާލޭގެ ގެއަކަށް ވަދެ މާރާމާރީ ހިންގައި، މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ
މާލޭގެ ގެއަކަށް ވަދެ ބަޔަކު މާރާމާރީއެއް ހިންގި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅައިފިއެވެ.
Advertisement

މި މައްސަލައިގައި އަނިޔާވި ފިރިހެނަކު ފަރުވާ ދިނުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިއަދު އިރުއޮއްސި 18:40 ހާއިރުގައެވެ. ނަމަވެސް، މި ހިސާބަށް އައިއިރު މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙްގީގު މިހާރު ކުރިއަށް ދާކަމަށާއި، އިތުރު ތަފްސީލު ހާމަކުރެވޭނީ ތަހްގީގު ނިމުމުންކަމަށް ބުނެފައިވެއެވެ.

މިފަދަ މާރާމާރީގެ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިއްޔެ ވެސް އައްޑޫ ސިޓީ ހިތަދޫގައި މިފަދަ މައްސަލައެއް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ހިތަދޫ ގެއަކަށް ވަދެ މީހަކަށް ހަމަލާ ދީފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް