ads
ސްރީ ލަންކާގައި މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓުލާން ކިއޫ ހަދާފައި.
ލަންކާގައި ދިވެހިން ބޭރަށް ނުކުމެ ނޫޅެން އަންގައިފި
ސްރީލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާތީ އެކަމަށް ދިވެހީން ސަމާލުވާން އެދިއްޖެއެވެ.
Advertisement

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބުނެފައިވަނީ ސްރީލަންކާގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބަށްފަހު މިރޭ 10:00 އިން ފެށިގެން މާދަމާ ހެދުނު 6:00 އަށް މުޅި ސްރީލަންކާގައި ކާފިއު އިޢުލާން ކޮށްފައިވާތީ، ކާފިއު ގަޑިތަކުގައި ދިވެހިން ގެއިން ބޭރަން ނުކުމެ ނޫޅުމަށް އިލްތިމާސް ކުރާކަމަށެވެ.

ނަމަވެސް، ކުއްލި ހާލަތުގައި ހައިކޮމިޝަންގެ އެހީއަކަށް ބޭނުންވެއްޖެނަމަ، އެ ކޮމިޝަންގެ ހޮޓްލައިން، 94768816666 އަށް ގުޅުމަށް އެމްބަސީ އިން ވަނީ އެދިފައެވެ.

ސްރީލަންކާގެ 10 ވަނަ ރައީސް ހޮވުމަށް މިއަދު ވޯޓުލުން ކުރިއަށްދިޔައެވެ. މިއީ 2022 ގައި ދިމާވި އިޤްތިސާދީ ހީނަރުކަމަށްފަހު ބޭއްވުނު ފުރަތަމަ އިންތިހާބެވެ.

މި އިންތިހާބުގައި، މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގެ އާއި، ޖޭވީޕީގެ އަނުރަ ކުމާރަ ދިސަނާޔަކެ އަދި އެސްޖޭބީ ޕާޓީގެ ސަޖިތު ޕްރެމަދާސަ ވާދަކުރައްވައެވެ. 70 ޕަސަންޓު މީހުން ވޯޓުލާން ނުކުތްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ވޯޓުކުން ކުރިއަށް ދިޔައީ މިއަދު ހަވީރު 18:00 އާއި ހަމައަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް