"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު މަޖީދް ވިދާޅުވީ ބިދޭސީ މުވައްޒަފުންނާއި ކުންފުނިތައް ހިމެނޭހެން އެކްސްޕެކްޓް ސިސްޓަމްއިން ސަސްޕެންޑް ކުރި ފަރާތްތަކުގެ ޖުމްލަ އަދަދަކީ މިވަގުތަށް 7492 ކަމަށެވެ.
ޖޫރިމަނާ ފައިސާ ދައްކާވަރަށް އެއަދަދު ބަދަލު ވާނެކަމަށާއި މިނެޓެއްގެ ތެރޭގައިވެސް އަދަަދަށް ބަދަލު އައުން އެކަށީގެންވާކަމަށް މަޖީދް ވިދާޅުވިއެވެ.
އެފަދައިން ރިކުއެސްޓް ކޮށްފައިވާނެކަމަށާއި މުއްދަތެއް ދިނުމަށްފަހު ސާވިސް މެދު ނުކެނޑި ހިދުމަތް ލިބޭގޮތަށް ގެންދެވިފައި އޮންނާނެކަމަށް މަޖީދް ވިދާޅުވިއެވެ.
އެހެންނަނަމވެސް ސަސްޕެންޑް ކުރެވިފައިވާ ފާރާތްތަކަކީ އެ ބޭފުޅުންނަށް ސިސްޓަމްގެ ތެރެއިން އިތުރު ހިދުމަތްތަކެއް ލިބޭނެ ގޮތަށް ސަސްޕެންޑް ކުރެވިފައި ފަރާތްތަކެއްކަމަށް ފާހަގަކޮށް މަޖީދް ވިދާޅުވީ ފީތައް ކްލިއާ ކުރުމުން އެފަރާތްތަކަށް ވަގުތުން ހިދުމަތް ލިބިގެންދާނެކަމަށެވެ.
ބިދޭސީންނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ހޯމް މިނިސްޓްރީން އާންމުކޮށްފައިވާއިރު އަދިވެސް މިވަގުތު އަދިވެސް ވަރަށް ބޮޑު މިންވަރަކަށް ފައިސާ ނުދައްކާ ކުންފުނިތައް ހުރިކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. އަދި ބިދޭސީންގެ ފީތައް ނުދައްކައިގެން ހޯމް މިނިސްޓަރީން އާއްމުކުރި ލިސްޓުގައި ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތައް ހިމެނޭހެން 1026 ކުންފުންޏެއްގެ ނަން އޮތެވެ.
ގަވައިދާ ހިލާފަށް އުޅެ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ޕޯޓަލް އިމިގްރޭޝަނުން ވަނީ ތައާރަފުކޮށްފަ އެވެ މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަންނަނީ ރެއިޑްތައް ހިންގަމުންނެވެ. އަދި ގަވައިދާ ހިލާފަށް އުޅުނިކޮށް އަތުލައިގެން ބިދޭސީންގެ ތެރެއިން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 3000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް އިހުސާން ވިދާޅުވެފައިވާއިރު ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގައުމީ ހަރަކާތެެއްގައި ގޮތުގައި އޮޕަރޭޝަން "ކުރަނގި" މިނިސްޓްރީން ފެށީ މިދިޔަ މޭމަހުގެ 2 ވަނަދުވަހު ހިންމަފުށީގަ އެވެ.