މި ފަހަކަށް އައިސް ދުވަސްތަކުގައި އައިޝްވަރިޔާ އާއި އޭނާގެ ފިރިމީހާ އަބިޝެކް ބަޗަންއާވަރިވުމުގެ ޚަބަރުތަކެއް ފެތުރެމުން ދިޔަ ނަމަވެސް، މި ފެޝަން ވީކަށް އައިޝްވަރިޔާ ދިޔައިރު އޭނާގެ ކައިވެނީގެ އަނގޮޓި ގިނަބައެއްގެ ލޮލުގައި އަޅައިގަތެވެ. މިކަމުން އެ ދެމީހުންގެ ގުޅުން ރަނގަޅުކަން ހާމަވެގެން ދިޔައެވެ.
ފެޝަން ވީކްގެ ފުރަތަމަ ދުވަހު އައިޝްވަރިޔާ ވަނީ ރީތި ކަޅު ހެދުމެއް ލައިގެން ފެނިފައެވެ. އޭނާ ވަނީ އީވާ ލޮންގޯރިއާ އަދި ކަމިލާ ކަބެލޯ ފަދަ މަޝްހޫރު ތަރިންނާއެކު ފޮޓޯ ނަންގަވާފައެވެ. މި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.
ކޮންމެ އަހަރަކުވެސް އައިޝްވަރިޔާގެ ފެޝަން ވީކްގެ ފެޝަންތަކަށް ގިނަ ބަޔަކު އިންތިޒާރުކުރާއިރު، މި އަހަރުވެސް އޭނާގެ ލުކްތަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދެއެވެ