ޖަލުގައި ވާނުވާ ބަންދުގައި ހުރި މީހަކު ދަންޖެހިގެން މަރުވެއްޖެ
ގުފްތަގް އަޖީރު
24 ސެޕްޓެމްބަރ 2024 - 10:01:10
މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި އުމުރުން 61 އަހަރުގެ މާލޭ ގ. އެއްތެޔޮމާގޭ އަބްދުލް އަނީ އިސްމާއީލް މިއަދު މަރުވެއްޖެކަމަށް ކަރެކްޝަނުން ބުނެފި އެވެ.
ކަރެކްޝަނުން ބުނީ މިއަދު ހެނދުނު 6:52 ގައި ޢަބްދުލް ޣަނީ އިސްމާޢީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
"އަދި ޑޮކްޓަރު ވަނީ 7:21 ގައި ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފަ،" ކަރެކްޝަންއިން ބުންޏެވެ.
މީނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
އަބްދުލް ޣަނީ އިސްމާޢީލް ނިޔާވުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.
އަދި މިކަން އެމްސީއެސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ވަނީ ތަހުގީގުކުރަން ފަށާފައިކަމަށް ކަރެކްޝަނުން ބުންޏެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް